ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް، ދަރުބާރުގޭގައި ކެމްޕޭން ޓީމުތަކާ މިރޭ ބައްދަލުކުރައްވަނީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ޓީމްތަކާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިރޭ ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.

ކެމްޕޭން ޓީމްތަކާ ރައީސް ބައްދަލުކުރައްވާނީ މިރޭ 8:30ގައި ދަރުބާރުގެ ފާށަނާ މާލަމުގަ އެވެ.

މި ބައްދަލުވުމަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މާލޭ ދާއިރާގެ މެމްބަރުންނާއި ކެމްޕޭން ޓީމްތަކާއި ރައީސް ސޯލިހް ބައްދަލުކުރެއްވުމަށް ބާއްވާ ބައްދަލުކުރެއްވުމެކެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ.

ޕްރައިމަރީގެ ކެމްޕޭންގެ ފޯރި ގަދަވެފައިވާއިރު ޕްރައިމަރީގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައީސް ސޯލިހް އެވެ.

ޕްރައިމަރީގެ ކެމްޕޭން ފެއްޓެވުމަށްފަހު ރައީސް ސޯލިހް ފުރަތަމަ ވަޑައިގެންނެވީ ރ. މާކުރަތަށެވެ. ކެމްޕޭންގައި ރައީސް ސޯލިހް ވަނީ ރ. އަތޮޅާއި ނ. އަތޮޅުގެ ބައެއް ރަށްރަށުގެ އިތުރުން ޅ. އަތޮޅަށްވެސް ވަޑައިގެންފަ އެވެ

ކެމްޕޭންގައި ރައީސް ނަޝީދުވެސް ދަނީ ރަށްރަށަށް ޒިޔާރަތްކުރަައްވަމުންނެވެ. އަދި މާލޭގައިވެސް ކެމްޕޭން ހަރަކާތްތައް ހިންގަވަމުންނެވެ.