ހާމިދު އިސްމާއިލް

ހާމިދު ސޭޓު ގޭބަންދަށް ބަދަލުކުރި މައްސަލަ އިސްތިއުނާފު ކޮށްފި

0%
0%
0%

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑު ބޭބެއެއް ކަމަށްވާ މ. ޝުރާމަންޒިލް، ހާމިދު އިސްމާއިލް ޝަރީއަތް ނިމެންދެން ގޭ ބަންދަށް ބަދަލު ކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ޕީޖީއިން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. ހާމިދުގެ މައްޗަށް ޕީޖީއިން އުފުލާފައިވަނީ މަނީލޯންޑަރިންގެ ދައުވާ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ވިއްކި ރަށްތަކާއި ގުޅުން ހުރި މަނީ ލޯންޑްރިން މައްސަލާގައި އޭނާގެ މައްޗަށް ކޯޓްގައި ދައުވާ އުފުލާފައިވާއިރު ހާމިދުގެ ޝަރީއަތް ނިމެންދެން އޭނާ ގޭބަންދަށް ކޯޓުން ވަނީ ބަދަލުކޮށްފައެވެ.

ހާމިދު ގޭބަންދަށް ބަދަލުކުރުމަށްފަހު އޭނާގެ މައްސަލަ ތާވާލުކުރީ މިދިޔަ ބުރާސްފަތި ދުވަހަށެވެ. ނަމަވެސް އެ އަޑުއެހުން ޕީޖީގެ އެދުމުގެ މަތިން ވަނީ ކެންސަލްކޮށްފަ އެވެ.

ފުލުހުން ތަހުގީގުކުރުމަށްފަހު ހާމިދުގެ މައްޗައް ދައުވާކުރަން ފޮނުވާފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.

އެންމެ ފުރަތަމަ ހާމިދު ސޭޓް ހައްޔަރުކޮށްފައިވަނީ އޮކްޓޯބަރު 28 ވަނަ ދުވަހު މެލޭޝިއާގައި ހުއްޓަ އެވެ. ރައީސް ޔާމީނަށް ބިރު ދެއްކި މައްސަލާގައި ހައްޔަރުކޮށް ތަހުގީގެއް ކުރުމަށްފަހު އޭނާ ދޫކޮށްލި ދުވަހު ދެވަނަ ފަހަރަށް ހައްޔަރު ކުރީ މަނީ ލޯންޑެރިން މައްސަލާގަ އެވެ.

މަނީލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގައި ބުނާ ގޮތުން މަނީލޯންޑަރިންގެ ކުށެއްކޮފި މީހެއްގެ އަދަބަކީ 100،000 ރުފިޔާ އާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ ނުވަތަ ކުށުގެ އަމަލުހިންގުމަށް ބޭނުންކުރި ފައިސާގެ އަދަދުގެ ފަސްގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުމެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހަރީފް

މިއީ ޕޮލިސް ފަރުހާދު ފިކުރީގެ ގާތް އެކުވެރިޔާ ހާމިދު ސޭޓް. ހާމިދު ސޭޓް ގޭގައި ބިލިޔާރޑް ކުޅެން ފަަރުހާދު ވަރަށް ގިނައިން ގޮސް ހެދި ކުރީގެ ސީޕީ ހުސައިން ވަހީދާ އެކު . އެގޭގެ ވީޑިޔޯ ފުޓޭޖް ގެއްލުނީ އެހެންވެގެން.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345