ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ރައީސް ސޯލިހް މާދަމާ އައްޑޫއަށް ވަޑައިގަންނަވަނީ ފޭދޫ ސްކޫލުން އިންތިޒާމު ކުރާ އެ ސްކޫލުގެ 50 ވަނަ އަހަރީ ދުވަހުގެ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.
މީގެއިތުރުން ފުލުހުންގެ 34 ވަނަ ޕޮލިސް އިނިޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިމުގެ ރަސްމިއްޔާތުގައި ވެސް ރައީސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި ރައީސްގެ ދަތުރުފުޅުގެ ރަސްމީ ބައި ނިންމަވާލެއްވުމަށްފަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ބައެއް ހަރަކާތްތައް ކުރިއަށް ގެންދަވާނެ އެވެ.
އައްޑޫ ސިޓީގައި މިވެރިކަމުގެ ތެރޭގައި ވަރަށް ގިނަ މަޝްރޫއުތައް ވަނީ ފަށާފަ އެެވެ. އައްޑޫ ސިޓީ ކައުންސިލުން ވެސް ގެންދަނީ އެކަން ވަރަށް ބޮޑަށް ފާހަގަކުރައްވަމުންނެވެ.