މުހައްމަދު ނާޒިމް

އާރްސީސީގެ އުޅަނދަކުން ބަނގުރާ ފެނުމަކީ ކަންބޮޑުވާ މައްސަލައެއް: ނާޒިމު

އާރްސީސީ ކުންފުނީގެ ވޭނެއްގެ ތެރެއިން ބަނގުރާ ފުޅިތަކެއްް ފެނުނު މައްސަލަ އަކީ ކުންފުނިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އެކުންފުނި ހިންގުމުގައި އެންމެ އިސްކޮށް ހުންނެވި މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

އާރްސީސީގެ ވޭނަކުން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެވުނީ ވެހިކަލް ދުއްވާފައި ދަނިކޮށް ޝައްކުވާ ކަންތައްތަކެއް ފާހަގަވުމުން ފުލުހުން އެ ވޭން ހުއްޓުވައި، ބަލައި ފާސް ކުރުމުގެ ތެރޭގަ އެވެެ.

ވޭންގެ ތެރެއިން ބަނގުރާ ފުޅި ތަކަކާއި ދަޅުތަކެއް ފެނުނު ކަމަށާއި މައްސަލައިގެ ތުހުމަތުގައި ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މައްސަލަ ތަހުގީގުކުރަމުންދާތީ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މިމައްސަލައިގައި ނާޒިމު މިއަދު ވިދާޅުވީ އާރްސީސީގެ ވޭނެއްގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާތީ، އެކަމާ ގުޅިގެން ކުންފުނީގެ އެތެރޭގެ ތަހުގީގެއް ހިންގާނެ ކަމަށެވެ. އަދި މިމައްސަލައިގައި ފުލުހުންގެ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

"ދިވެހި ގާނޫނުތަކާއި ހިލާފު އެއްވެސް ކަމެއްް އާރްސީސީ ކުންފުނިން ނުކުރާނަން. އަދި ކުރާކަށް ހވަިތްރެއްވެސް ނުދޭނެ،" ނާޒިމު ވިދާޅުވި އެެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ އާރްސީސީ އަކީ ތަފާތު ދީންތަކުގެ ތަފާތު ގައުމުތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން މަަސައްކަތްކުރާ ކުންފުންޏެވެ.