މޯލްޑިވްސް ޕޮލިސް ސާވިސް

މާރާމާރީއެއްގައި މީހަކު ޒަހަމްކޮށްލައިފި

Jan 19, 2023

މާލޭގައި ރޭ ހިނގި މާރާމާރީއެއްގައި މީހަކު ޒަހަމުކޮށްލައިފި އެވެ.

މި މާރާމާރީ ހިނގާފައިވަނީ ލޮނުޒިޔާރަތް މަގު ޗާކޯލް ކެފޭ ކައިރީގަ އެވެ.

ފުލުހުން ބުނި ގޮތުގައި މާރާމާރީގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 12:37ހާއިރު އެވެ.

މާރާމާރީގައި ޒަހަމްވެފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނަކަށެވެ.

ޒަހަމްވި މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.