ރާއްޖެ ކުޅިވަރު

ބަހުރޭން އަތުން ރާއްޖެ ބަލިވެއްޖެ

އެކުވެރިކަމުގެ މެޗެއްގައި ބަހުރޭން އަތުން ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު 4-0އިން ބަލިވެއްޖެ އެވެ.

މި މެޗަކީ އަންނަ މަހު އިންޑިޔާގައި ފަށާ ސައުތު އޭޝިއަން ގޭމްސް އަށް ތައްޔާރުވާން ގައުމީ ޓީމު ކުޅުނު މެޗެކެވެ.

މިދިޔަ ހޮނިހިރު ދުވަހު ބަހުރޭނަށް ދިޔަ ޓީމު އެ ގައުމުގައި ތަމްރީނު ހެދުމަށްފަހު އެނބުރި މާލެ އަންނާނީ އަދި ދެ ދުވަހެއް ފަހުންނެވެ.

ސާކުގެ އަށް ގައުމުގެ ތެރެއިން ހަމަ ގައުމު ވާދަކުރާ އަންހެން ފުޓްބޯޅަ އިވެންޓުގައި ރާއްޖެ ހިމެނެނީ ލަންކާ އާއި ނޭޕާލެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ކުޅެން ޖެހޭނީ ނޭޕާލާ އެވެ.

ގޭމްސްގެ ގްރޫޕް އޭގައި ހިމެނެނީ އިންޑިޔާ އާއި އަފްގާނިސްތާނާއި ބަނގްލަދޭޝް އެވެ.