ކްރިމިނަލް ކޯޓް

ކުށް ކުރެވޭތީ ޖަލުގައި ބަންދުކޮށްދޭން ކޯޓުގައި އެދިއްޖެ

ކްރިމިނަލް ކޯޓު. ކުށް ކުރެވޭތީ ޖަލުގައި ބަންދުކޮށްދޭން މީހަކު ވަނީ ކޯޓުގައި އެދިފަ-- ފޮޓޯ: އަަވަސް
0%
0%
100%

ކުށް ކުރެވެނީ މަސްތުވާތަކެތި ބޭނުންކުރެވޭތި ކަމަށް ބުނެ ޖަލުގައި ބަންދުކޮށްދިނުމަށް މީހަކު ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

ޖުވެނައިލް ކޯޓު ހިންގަމުން ގެންދާ ފަންހިޔާ ބިލްޑިންގް ފަޅާލައި އެތަނުން ވައްކަންކުރި މައްސަލައިގައި މުހައްމަދު އަސްލަމް (31އ) ކްރިމިނަލް ކޯޓަށް ހާޒިރުކުރީ ފުލުހުންނެވެ. އޭނާ ވަނީ ކުށަށް އިއުތިރާފުވެފަ އެވެ.

މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ ކަމަށާއި ކޮންމެ ދުވަހަކުވެސް މަސްތުވާތަކެތި ބޭނުންކުރެވޭ ކަމަށް އޭނާ ވަނީ ޝަރީއަތުގައި ބުނެފަ އެވެ. ކުށް ކުރެވެނީ އެކަމުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.

ޖަލުގައި ހުރެ މަސްތުވާތަކެއްޗާ ދުރުވެ އިސްލާހުވާން ބޭނުންވާ ކަމަށް ޝަރީއަތުގައި އޭނާ ވަނީ ބުނެފަ އެވެ.

ޖުވެނައިލް ކޯޓަކީ ކުށްކުރާ ކުޑަ ކުދިންގެ އަދަދު މުޖުތަމައުގައި އިތުރުވެ އެކަމުގެ ސަބަބުން މުޖުތަމައަށް ކުރިމަތިވާން ފެށި މައްސަލަތަކަށް ހައްލެއް ހޯދުމަށާއި، ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލާނެ ވަކި ނިޒާމެއް ހަމަޖައްސަންވާނެ ކަމަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގައި ބުނެފައިވާތީ ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބެލުމަށް ހާއްސަކޮށްގެން އުފައްދާފައިވާ ކޯޓެކެވެ.

ޖުވެނައިލް ކޯޓު ހިންގަމުންދާ ފަންހިޔާ ބިލްޑިންގް ފަޅާލައި އެތަނުން ވައްކަންކޮށްފައިވަނީ އޮކްޓޫބަރު 2022ގަ އެވެ.

ފަންހިޔާ ބިލްޑިންގުގައި ޖުވެނައިލް ކޯޓުގެ އިތުރުން ޝަރުއީ ދާއިރާގެ އިތުރު އޮފީހެއް ވެސް ހިންގަ އެވެ. އަދި އެ އިމާރާތަކީ ފުލުހުންވެސް އަބަދު ތިބޭ އިމާރާތެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345