ދުނިޔެ

ކޮޅަށް ހުރެގެން ކުޑަކަމު ދިއުމުގެ މައްސަލަ ޖަރުމަނު ކޯޓަކުން ނިންމައިފި

ފިރިހެނަކު ކޮޅަށް ހުރެގެން ކުޑަކަމުން ދާތީ ފާހާނާ އަށް "ލިބުނު ގެއްލުމުގެ ބަދަލު" ހޯދަން ގޭގެ ވެރިފަރާތުން ކުރި ދައުވާއެއްގައި، ކޮޅަށް ހުރެގެން ކުޑަކަމު ދިޔުމުގެ އުސޫލެއް ޖަރުމަނުގައި ކަނޑައެޅިއްޖެ އެވެ.

ފިރިހެނުން ކުޑަކަމުން ދާން ޖެހޭނީ ކޮޅަށް ހުރެެގެންތޯ ނުވަތަ އިށީނދެ އިނދެގެންތޯ މިއީ ޖަރުމަނުގައި އުފެދިފައިވާ ބޮޑު ބަހުސެކެވެ. މިކަން މިހެން އޮއްވައި ކޯޓުން ނިންމާފައި ވަނީ ދައުވާ ލިބޭ މީހާ ކުޑަކަމުން ދަނީ ޖަރުމަނުގެ އާންމު އުސޫލުތަކާ އެއްގޮތަށް ކަމަަށެެވެ. އެއީ ކޮޅަށް ހުރެގެންނެވެ. އެހެންވެ އެކަމުގެ ސަބަބުން ލިބުނު ގެއްލުމަކަށް ބަދަލު ދޭން ނުޖެހޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ގޭގެ ވެރިފަރާތުން ދައުވާ ކޮށްފައި ވަނީ ކޮޅަށް ހުރެގެން ކުޑަކަމުން ދިއުމުން ފާހާނާގެ ޓައިލްސް އަށް ތިކި ބުރައިގެން ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 1900 ޔޫރޯ (2200 ޑޮލަރު) ނަގައިދިނުމަށެވެ.

ފިރިހެނުން ކޮޅަށް ހުރެގެން ކުޑަކަމުން ދިއުން ހުއްޓުވަން ޖަރުމަނުގެ ބައެއް ފާހާނާތަކުގައި، ޓްރެފިކް ނިޝާންތައް ފަދައިން ފާހާނާ ތަށި ކައިރީގައި ރޮނގު ދަމާފައި ވެސް ހުރެ އެވެ. ނަމަވެސް އިށީނދެ އިނދެގެން ކުޑަކަމުދާ ފިރިހެނުންނަކީ "ރަނޑުން"ގެ ގޮތުގައި ސިފަކުރުމަކީ ޖަރުމަނުގައި އާންމު ކަމެކެވެ.

މިކަމުގައި ގޮތް ކަނޑައެޅުއްވި ފަނޑިޔާރު ސްޓެފަން ހޭންކް ވަނީ ކުޑަކަމުދާ ނަޖިހުގައި ހުންނަ ޔޫރިކް އެސިޑްގެ ސަަބަބުން ފާހާނާގެ މުށިތަކަށް ގެއްލުން ވެދާނެ ކަމަށް ބުނެ ތަޖުރިބާކާރުންގެ ޓީމަކުން ހުށަހެޅި ރިޕޯޓެއް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ކޮޅަށް ހުރެގެން ކުޑަކަމުން ދިއުމުން، ގޭގައި އުޅޭ އެހެން މީހުން އަދި ހާއްސަކޮށް އަންހެނުންގެ ފަރާތުން ނަފުރަތު ކުރިމަތި ވެދާނެ ކަމަށާއި އެކަމަކު އެގޮތަށް ކުޑަކަމު ދިއުމުން ލިބޭ ގެއްލުމަކަށް ޒިންމާ ނަގަން ނުޖެހޭނެ ކަމަށް ފަނޑިޔާރު ވަނީ ނިންމަވައިފަ އެވެ. -- ބީބީސީ