މޯލްޑިވްސް ޕޮލިސް ސާވިސް

ގެއްލިގެން ހޯދި 15 އަހަރުގެ ކުއްޖާ ފެނިއްޖެ

Jan 29, 2023
1

ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 15 އަހަރުގެ އަންހެން ކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ގެއްލިގެން ހޯދީ މާލޭގައި ދިރިއުޅޭ ތ. ދިޔަމިގިލި، އާގިސާމަންޒިލް، ޒީކް ބިންތި މުހައްމަދު ރިޔާޒު އެވެ.

އެ ކުއްޖާ ހޯދަން ފުލުހުން އިއުލާނު ކުރީ މިއަދު ހަވީރު އެވެ.

ފުލުހުން އޭރު ބުނި ގޮތުގައި ޒީކް ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 ހާއިރު އެވެ.

ޒީކް ގެއްލުނުއިރު އުޅެމުން ދިޔައީ ގ. ތޯނީއައްސޭރި ގޭގަ އެވެ.