ގްރީން ފަންޑުން މިދިޔަ އަހަރު އެކި މަޝްރޫއުތަކަށް 908 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ޑިސެމްބަރު މަހުގެ ގްރީން ފަންޑް ރިޕޯޓުގައިވާ ގޮތުން އެ ފަންޑުން ޑިސެމްބަރު މަހު 129.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ގޮނޑުދޮށް ހިމާޔަތް ކުރުމާއި ފެނާއި ނަރުދަމާ އަދި ކުނި މެނޭޖް ކުރުމުގެ މަޝްރޫއުތައް ހިމެނޭ ގޮތަށް 50 އަށްވުރެ ގިނަ މަޝްރޫއު ޑިސެމްބަރު މަހު ގްރީން ފަންޑުން ކުރިއަށް ގެންދިޔަ އެވެ.
ގްރީން ފަންޑް ރިޕޯޓުގައިވާ ގޮތުން 2022 ވަނަ އަހަރުގެ ކުރިން ގްރީން ފަންޑަށް ލިބުނު އާމްދަނީއާއެކު މިހާރު ގްރީން ފަންޑްގައި ހުރީ 772.8 މިލިއަން ރުފިޔާ އެވެ.
ގްރީން ފަންޑްގެ ހަރަދު މަހުން މަހަށް
- ޖެނުއަރީ - 11.8 މިލިއަން
- ފެބްރުއަރީ - 107.8 މިލިއަން
- މާޗް - 140.7 މިލިއަން
- އެޕްރީލް - 59.6 މިލިއަން
- މޭ - 36.7 މިލިއަން
- ޖޫން - 51.8 މިލިއަން
- ޖުލައި - 23.9 މިލިއަން
- އޮގަސްޓް - 107.1 މިލިއަން
- ސެޕްޓެމްބަރު - 32.4 މިލިއަން
- އޮކްޓޫބަރު - 154.9 މިލިއަން
- ނޮވެމްބަރު - 51.3 މިލިއަން
- ޑިސެމްބަރު - 129.6 މިލިއަން
ގްރީން ފަންޑަށް ޑިސެމްބަރު މަހު ލިބުނީ 75.7 މިލިއަން ރުފިޔާ އެވެ. އެއާއެކު މިދިޔަ އަހަރު ގްރީން ފަންޑަށް ޖުމްލަ 972 މިލިއަން ރުފިޔާ ލިބުނެވެ.
އަތޮޅުތަކުން އެންމެ ބޮޑު އާމްދަނީއެއް ޑިސެމްބަރު މަހު ގްރީން ފަންޑަށް ލިބުނީ ކ. އަތޮޅުންނެވެ. އެ އަތޮޅުން 26.2 މިލިއަން ރުފިޔާ ގްރީން ފަންޑަށް ލިބުނެވެ. ރ. އަތޮޅުން 7.7 މިލިއަން ރުފިޔާ ލިބުނުއިރު އދ. އަތޮޅުން 6.6 މިލިއަން ރުފިޔާ ފަންޑަށް ލިބުނެވެ.
ގްރީން ފަންޑަށް ލިބުނު އާމްދަނީ މަހުން މަހަށް
- ޖެނުއަރީ - 95.1 މިލިއަން ރުފިޔާ
- ފެބްރުއަރީ - 91.4 މިލިއަން ރުފިޔާ
- މާޗް - 105.7 މިލިއަން ރުފިޔާ
- އެޕްރީލް - 87.2 މިލިއަން ރުފިޔާ
- މޭ - 96.5 މިލިއަން ރުފިޔާ
- ޖޫން - 70.8 މިލިއަން ރުފިޔާ
- ޖުލައި - 61.4 މިލިއަން ރުފިޔާ
- އޮގަސްޓް - 73 މިލިއަން ރުފިޔާ
- ސެޕްޓެމްބަރު - 77.6 މިލިއަން ރުފިޔާ
- އޮކްޓޫބަރު - 61 މިލިއަން ރުފިޔާ
- ނޮވެމްބަރު - 76.2 މިލިއަން ރުފިޔާ
- ޑިސެމްބަރު - 75.7 މިލިއަން ރުފިޔާ
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތް ތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ.
ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.