އެޗްޑީސީ

ހިޔާ ޓަވަރުތަކުގެ ކެމެރާ ފީޑް ފުލުހުންނަށް ދެނީ

ހުޅުމާލެ ހިޔާ ޓަވަރުތަކުގެ އެތެރެއާއި ބޭރުގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ފީޑް ފުލުހުންނާ ހިއްސާ ކުރުމަށް އެޗްޑީސީން ނިންމައިފި އެވެ.

ކެމެރާތަކުގެ ފީޑް ކަނެކްޝަން ނެގުމުގައި ކުރަންޖެހޭ ކަންކަން ދެ ފަރާތުން ގުޅިގެން ކުރުމަށް އެޗްޑީސީއާއި ފުލުހުންނާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެޗްޑީސީން ނިންމާފައިވަނީ 16 ޓަވަރުގެ ކެމެރާ ފީޑްވެސް ފުލުހުންނާއި ހިއްސާ ކުރުމަށެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަ އަހުމަދު އާތިފް އެވެ. އަދި ފުލުހުންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

އެޗްޑީސީން ބުނީ ރިއަލް ޓައިމް ފީޑް ފުލުހުންނަށް ފޯރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ހިޔާ ޓަވަރުގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

ހިޔާ ފްލެޓުތަކުގައި މިހާރު 30،000 އަށް ވުރެ ގިނަ ރައްޔިތުން ދިރިއުޅެމުންދެ އެވެ.