މާލޭގެ މިސްކިތެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދަށް 30 ދުވަސް ދީފި އެވެ.
މި މީހާ މިދިޔަ އަންގާރަ ދުވަހުގެ ވަގުތެއްގައި ހައްޔަރުކުރީ ޗާންދަނީ މަގުގައި ހުންނަ ޖަލާލުއްދީން މިސްކިތުގެ ވުޟޫ ކުރާ ބައިގައި ހުރެގެން ކުޑަ ކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި ކަމުގެ ތުހުމަތުގަ އެވެ.
ފުލުހުން ބުނީ މި މީހާގެ ބަންދަށް އިއްޔެގެ ވަގުތެއްގައި 30 ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ.
އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 10 އަހަރުން ދަށުގެ ފިރިހެން ކުއްޖާއަށް ބިދޭސީ މީހާ ވަނީ އެކި ދުވަސް މަތިން ޖިންސީ ގޯނާކޮށްފަ އެވެ.
ފުލުހުން ހައްޔަރުކުރި ބިދޭސީ މީހާ އަކީ ޖަލާލުއްދީން މިސްކިތުގައި މަސައްކަތު މީހެއްގެ ގޮތުގައި މަސަައްކަތް ކުރަމުން ދިޔަ މީހެކެވެ.