އިސްލާމިކް މިނިސްޓްރީ

ހަށިވިއްކާ ތަންތަނާ ގުޅޭ ސުވާލަށް މިނިސްޓަރު ޖަވާބެއް ނުދެއްވި

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު. ހަށިވިއްކާ ތަންތަން ހިންގާ މައްސަލާގައި ކުރެއްވި ސުވާލަށް މިނިސްޓަރު އެއްވެސް ޖަވާބެއް ނުދެއްވި -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
0%
0%
100%

ހަށިވިއްކާ ތަންތަން ހިންގާ މައްސަލާގައި ކުރެއްވި ސުވާލަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ޖަވާބެއް ނުދެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި ނައިފަރު ދާއިރާގެ އިދިކޮޅު ޕީޕީއެމް މެންބަރު އަހުމަދު ޝިޔާމް ވަނީ ތިން ސުވާލެއް ކުރައްވާފަ އެވެ.

ހަށިވިއްކުން ނުހުއްޓުވެނީ އިސްލާމިކް މިނިސްޓަރުގެ ނުވަތަ އެ މިނިސްޓްރީގެ ދައުރެއް އެކަމުގައި އޮތުމުންތޯ ޝިޔާމް ވަނީ ސުވާލު ކުރައްވާފަ އެވެ.

"ފުޅާ ދާއިރާއެއްގައި ދިވެހިރާއްޖޭގައި އެބަ ހަށިވިއްކާ ތަންތަން އެބަ އޮޕަރޭޓްކުރޭ. މިނިސްޓަރުގެ ނުވަތަ މިނިސްޓްރީގެ ދައުރެއް އޮތީބާއޭ އެކަންކަން ނުހުއްޓި މިދަނީ،" ޝިޔާމް ސުވާލު ކުރެއްވި އެވެ.

އޭގެ އިތުރުން މިސްކިތްތައް އޭސީ ނުކުރެވެނީ ފައިސާ ނެތިގެންތޯ އާއި ޒަކާތު ފަންޑުން ދައުލަތުގެ ހަރަދުތަކަށް ފައިސާ ހޭދަކުރިތޯ ޝިޔާމް ވަނީ ސުވާލު ކުރައްވާފަ އެވެ.

މިސްކިތްތައް އޭސީ ކުރުމާ ގުޅޭ ސުވާލާއި ޒަކާތު ފަންޑުން ދައުލަތުގެ ހަރަދުތަކަށް ފައިސާ ހޭދަކުރިތޯ ޝިޔާމް ކުރެއްވި ސުވާލަށް މިނިސްޓަރު ޖަވާބު ދެއްވި އެވެ. ނަމަވެސް ހަށިވިއްކުން އާންމުވެފައިވާ މައްސަލައާ ގުޅޭ ސުވާލަށް މިނިސްޓަރު އެއްވެސް ޖަވާބެއް ނުދެއްވި އެވެ.

ނިޒާމީ ނުގުތާއެއް ނަންގަވާ މެންބަރު ޝިޔާމް ވަނީ ހަށިވިއްކާ ތަންތަނާ ގުޅޭ ސުވާލަށް ޖަވާބު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ސުވާލަށް ޖަވާބު ދެއްވުމުގެ ފުރުސަތު މިނިސްޓަރަށް ނުދެއްވާ ފުރުސަތު ދެއްވީ އެހެން މެންބަރެއްގެ ސުވާލު ކުރުމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910