ބޭރު ކުޅިވަރު

ބާސެލޯނާ ސެމީ އަށް

އެތްލެޓިކް ކުލަބު 3-1އިން ބަލިކޮށް ސްޕެނިޝް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފި އެވެ.

މި ދެ ޓީމުގެ ދެ މެޗުގެ އެގްރިގޭޓުން ބާސެލޯނާ އަށް ކުރި ލިބުނީ 5-2ގެ އެގްރިގޭޓުންނެވެ.

ރޭގެ މެޗުގައި ބާސެލޯނާ އަށް ގޯލު ޖަހައިދިނީ ލުއިސް ސުއަރޭޒް އާއި ނޭމާ އަދި ޖެރާޑް ޕީކޭ އެވެ.

ބާސެލޯނާ އަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމެވެ. މި މޮޅާއެކު ބާސެލޯނާ އަށް ވަނީ މި އަހަރު އަނެއްކާ ވެސް މި ސީޒަނުގައި ތިން ތަށި ހޯދުމުގެ ފުރުސަތު ތަނަވަސްވެފަ އެވެ.

ކޯޗު ލުއިސް އެންރީކޭ ބުނީ އޭނާގެ ޓީމު ދައްކަމުން އަންނަ ކުޅުން ރަނގަޅު ކަމަށާއި ނަމަވެސް ކުޅުންތެރިންނަށް މިހާރު ރެސްޓްދޭން ޖެހިފައިވާ ކަމަށެވެ.

"ވަރަށް ގިނަ މެޗުތައް ކުރިއަށް އެބަހުރި. އަހަރުމެން ވަރަށް ރަނގަޅަށް ތައްޔާރުވާންޖެހޭ. ކުޅުންތެރިންނަށް ވީވަރަކުން ރެސްޓްދެވޭތޯ ބަލާނަން،" ކޯޗު ބުންޏެވެ.

މެޗަށް ފަހު ސުއަރޭޒް ބުނީ ފުރަތަމަ ހާފުގައި ބާސެލޯނާ އަށް ނުކުޅެވުނު ކަމަށާއި ނަމަވެސް ފަހުހާފުގައި ކުޅުންތެރިން ނުކުތީ އެކަން ރަނގަޅު ކުރަން އާއަޒުމެއްގައި ކަމަށެވެ.