މުހައްމަދު އިބްތިހާލް

އިބްތިހާލުގެ މަރަށް އެއް އަހަރު، ދޮންކާފަގެ ޝަރީއަތް މިއަދު

އިބްތިހާލް: މަރުގެ ދިޔަ ބޭނުން ނުވާ ކަމަށް މާމަ ބުނެފި -- ފޮޓޯ: އަސްއަދު
0%
0%
0%

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ވ. ރަކީދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު، މުހައްމަދު އިބުތިހާލަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ އިބްތިހާލުގެ ދޮންކާފަގެ އިސްމާއިލް ރައޫފްގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުމެެއް މިއަދަށް ތާވަލުކޮށްފި އެވެ. އަޑުއެހުން ތާވަލުކޮށްފައިވަނީ ހެނދުނު 10 ޖަހާއިރަށެވެ.

އިބްތިހާލްގެ މަންމަ، އާފިޔާ މުހައްމަދުމަނިކުގެ ދޮންބައްޕަ މ. ދިއްގަރު / ބަށިމާގެ، އިސްމާއީލް ރައޫފް ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް އެއްވަނަ ދުވަހުއެވެ.

އަނިޔާވެރި ގޮތަކަށް އިބްތިހާލު މަރާލިތާ އެއް އަހަރު މިއަދަށް ފުރޭއިރު އިސްމާއިލް ރައޫފް ވަނީ އިބްތިހާލަށް އަނިޔާކޮށްފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެކަން ކޮށްފައިވަނީ މ. މަޑުއްވަރީގައި ހުރި އާފިޔާގެ މަންމަ އިބްތިހާލް ބަލަމުން ދިޔަ ދުވަސްވަރުއެވެ.

"އިސްމާއިލް ރައޫފް ހައްޔަރުކޮށްފައިވަނީ އިބްތިހާލަށް ޖިސްމާނީ ގޮތުން އަދި ޖިންސީ ގޮތުން އަނިޔާކުރިކަމުގެ ތުހުމަތުގައި." ފުލުހުން ބުނެފައިވެއެވެ. ރައޫފްގެ ފަރާތުން އިބްތިހާލުގެ މަންމަ އާފިޔާއަށް ގޯނާތަކެއް ކުރިމަތިވެފައި ވާކަން ތަހުގީގަށް ހާމަވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ރައޫފްގެ މައްޗަށް ދައުވާކޮށްފައިވަނީ އަމިއްލަ ދަރިއަކަށާއި ދޮންދަރިއަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައެވެ. ކޮށްފައިވާ ދައުވާއަކީ އާއިލީ މެންބަރަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާއެވެ.

ރައޫފް އަކީ މީގެކުރިން ވެސް އޭނާގެ ދޮންދަރިއަކަށް އަނިޔާކުރި މައްސަލައަކާއި ގުޅިގެން ވ. ކެޔޮދޫ ކޯޓުން ހަތަރު މަސް ދުވަހުގެ މުއްދަތަށް އަރުވާލުމަށް ހުކުމްކޮށް އެ ހުކުމް ތަންފީޒު ކޮށްފައިވާ މީހެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345