މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ބޮޑުތަކުރުފާނު މަގު ފުޅާކޮށް ބާކީ ބައިގައި ތާރު އަޅަނީ

ބޮޑުތަކުރުފާނު މަގުގައި ތާރު ނާޅައި އޮތް ސަރަހައްދުގައި ތާރު އެޅުމަށް ނިންމައިފި އެވެ.

ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ބޮޑުތަކުރުފާނު މަގުގައި މިހާރު ތާރު ނާޅައި އޮތް ސަރަހައްދުގައި ތާރު އެޅުމުގެ ކުރިން އެއްގަމު ތޮށި ބޭރަށް ބަދަލުކޮށް މަގު ފުޅާކުރާނެ އެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރުއެޅުމުގެ މަޝްރޫއު ރޯދަ މަހުގެ ފަހުން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލްއާ ހަމައަށް ވަނީ ތާރު އަޅާފަ އެވެ.

އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ސްޓެލްކޯއާ ހިސާބަށް ވަނީ ތާރުއަޅާފަ އެވެ.

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ހަދަމުންދާ އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ހަވާލުކުރީ މަސައްކަތް އަވަސްކުރުމުގެ ގޮތުންނެވެ.