މޯލްޑިވްސް ޕޮލިސް ސާވިސް

ކިލޯ އަކަށް ވުރެ ގިނަ މަސްތުވާތަކެތި ދިރުވާލައިގެން ރާއްޖެ އައި މީހަކު ހައްޔަރުކޮށްފި

Feb 16, 2023

ކިލޯ އަކަށް ވުރެ ގިނަ މަސްތުވާތަކެތި ދިރުވާލައިގެން ރާއްޖެ އައި މީހަކު ފުލުހުންނާ ހަވާލުކޮށްފި އެވެ.

މިމައްސަލައިގައި ފުލުހުންގެ ބެލުމުގައި ދަށުގައި ހުރީ ލެޓްވިއާ އަށް ނިސްބަތްވާ އުމުރުން 49 އަހަރުގެ ފިރިހެނެކެވެ.

މި މީހާ ހައްޔަރުކުރީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިމަހުގެ 14 ވަނަ ދުވަހު އިމިގްރޭޝަނާއި ކަސްޓަމްސްއާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

ފުލުހުން މިއަދު ބުނީ އެމީހާގެ ބަނޑުން މަސްތުވާތަކެތި ކަމަށް ބެލެވޭ 127 ބުލެޓް ނަގާފައިވާ ކަމަށާއި އޭގެ ބަރުދަނުގައި 1.3 ކިލޯ ހުރި ކަމަށެވެ.

މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުގައި ބަހައްޓަން 15 ދުވަސް ވަނީ ދީފަ އެވެ.

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރާ މީހުންގެ ހަށިގަނޑު އެތަކެތި އާންމު ގޮތެއްގައި ނަގަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ވަކި ތަނެއްގައި ބަހައްޓައިގެންނާއި ހޮސްޕިޓަލަށް ގެންގޮސްގެންނެވެ.