ކުށްކުރުން

ތޫނު އެއްޗަކުން ހަމަލާދިން މީހަކު ހައްޔަރުކޮށްފި

Feb 17, 2023

އައްޑޫ ސިޓީގެ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައިވާ މައްސަލައެއް މިރޭ 10:02 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މިމައްސަލަ އާއި ގުޅިގެން 18 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.

އަނިޔާވި މީހާއަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެމީހާގެ ހާލަތާ ގުޅޭ ފުލުހުން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

"މިމައްސަލަ ފުލުހުންދަނީ ތަހުގީގުކުރަމުން،" ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.