އައްޑޫ ސިޓީ

އައްޑޫގައި މީހަކު ޒަހަމްކޮށްލި މީހާ ޝަރީއަތް ނިމެންދެން ބަންދު

Feb 18, 2023

އައްޑޫ ސިޓީގެ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލުމާ ގުޅިގެން ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި އެވެ.

އައްޑޫ ސިޓީގެ ހިތަދޫގައި މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރުކޮށްފައިވާ 18 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

އަނިޔާވި މީހާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މި މީހާ މާލެ ގެނައުމަށް ތައްޔާރުވަމުންދާ ކަމަށް ހޮސްޕިޓަލުން އިއްޔެ ބުނެފައިވެ އެވެ. ހޮސްޕިޓަލްގެ ބަހެއް މިއަދު ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

"މިމައްސަލަ ފުލުހުންދަނީ ތަހުގީގުކުރަމުން،" ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.