މޯލްޑިވިއަން

މޯލްޑިވިއަންއަށް ދެ އެއާބަސް ހޯދަނީ

ގައުމީ އެއާލައިން -- މޯލްޑިވިއަންއަށް އެއާބަސްގެ ދެ ބޯޓު ކުއްޔަށް ހޯދަން އިއުލާނުކޮށްފި އެވެ.

މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑް (އައިއޭސީއެލް) އިން ހޯދަނީ އޭ330-200 މަރުކާގެ ދެ ބޯޓެވެ. މި ދެ ބޯޓު ހޯދަނީ ހަ އަހަރު ދުވަހަށެވެ.

މި ބޯޓުތައް ހޯދަނީ މޯލްޑިވިއަންގެ އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރުމަށެވެ.

މޯލްޑިވިއަންއަށް ހޯދަނީ އިކޮނޮމިކް އަދި ބިޒްނަސް ކްލާސް ހިމެނޭ ބޯޓުތަކެކެވެ. އެގޮތުން ބިޒްނަސް ކްލާހުގައި 25-30 ސީޓު ހުންނަން ޖެހެ އެވެ.

ސީޕްލޭންގެ ދަތުރުތައްވެސް ކުރާ މޯލްޑިވިއަންގެ ފްލީޓަށް މިދިޔަ ޖެނުއަރީ މަހު ވަނީ އޭޓީއާރް 600-72 މަރުކާގެ ދެ ބޯޓު ގެނެސްފަ އެވެ.

ރާއްޖޭގެ 16 ޑޮމެސްޓިކް އެއާޕޯޓަކަށް މޯލްޑިވިއަން އިން މިހާރު ދަތުރުކުރެ އެވެ.