މޯލްޑިވްސް ޕޮލިސް ސާވިސް

ހަށިވިއްކަން ތިބި ހަތަރު މީހުން ހައްޔަރުކޮށްފި

މާލޭގެ ގެސްޓް ހައުސްއެއްގައި ހަށިވިއްކަން ތިބި ހަތަރު މީހުން ހައްޔަރުކޮށްފި އެވެ.

މާލޭގައި ފުލުހުން ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ދަށުން ހަށިވިއްކާ ކަމުގެ ތުހުމަތުގައި މި މީހުން ހައްޔަރުކުރީ "ރޯޅި ގެސްޓް ހައުސް" ކިޔާ ތަނަކުންނެވެ.

ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި، ބިދޭސީ ފިރިހެނެއްގެ އިތުރުން 31 އަހަރުގެ ބިދޭސީ އަންހެނަކާއި 36 އަހަރުގެ ބިދޭސީ އަންހެނެކެވެ.

މި ހަތަރު މީހުންގެ ތެރއިން ދިވެހި ފިރިހެން މިހާއާއި ބިދޭސީ އަންހެން މީހަކު ހައްޔަރުކޮށްފައިވަނީ ޖިންސީ ގުޅުން ހިންގަން ތިއްބާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.