ލައިފްސްޓައިލް

ބަރުދަން އިތުރުކުރަން ބޮވިދާނެ މީރު ބުއިންތަކެއް!

އަބަދުވެސް ދެކެވެނީ ބަރުދަން ލުއިކުރާ ވާހަކަ އެވެ. ބަރުދަން ލުއިކުރަން ތަފާތު ޑައިޓްތަކުގެ ވާހަކަ އެވެ. ބަރުދަން ލުއި ކުރުމަށް މީހުން ކުރާ މަސައްކަތްތަކުގެ ވާހަކަ އެވެ. ބަރުދަން ލުއިކުރަން މީހުން ބޭނުންވާ ފަދައިން ބަރުދަން އިތުރުކުރަން ބޭނުންވާ މީހުންނެއް ވެސް މަދެއް ނުވާނެ އެވެ. އަދި އެކަމަށް ރަނގަޅު ނަތީޖާއެއް ލިބިފައިވާ މީހުން ވެސް މަދެވެ. އެހެންކަމުން ބަރުދަން އިތުރުކުރުމަށް ބުއިމަށް ރަނގަޅު ބުއިންތަކަކަށް ބަލާލާނަމެވެ.

މެންގޯ ޕްރޮޓީން ޝޭކް

މި ބުއިން ބޯލުމަށް އެންމެ ރަނގަޅީ ހެނދުނު އެވެ. ބަރުދަން އިތުރުކުރުމުގެ އިތުރުން މި ބުއިމުގެ ސަބަބުން ހަޖަމުގެ ނިޒާމްވެ ސާފުވެ، ނިދީގެ ކަތްނެތްކަން ފިލައިދެއެވެ.

  • ބޭނުންވާ ތަކެތި:
  • 350 އެމްއެލްގެ އޮރެންޖް ނުވަތަ މެންގޯ ޖޫސް
  • ދެ ސްކޫޕް ޕްރޮޓީން ޕައުޑާ (ބޮޑަށް ރަނގަޅީ ވެނީލާ ފްލޭވާ)
  • އެއް ދޮންކެޔޮ
  • ޖޯޑެއްގެ ހަތަރު ބައިކުޅަ އެއް ބައި ޔޯގަޓް
  • އެއް މޭޒުމަތީ ސަމުސާ މާމުއި

ތައްޔާރުކޮށްލަން ވަރަށް ފަސޭހަ އެވެ. މިކްޗަރަކުން ރަނގަޅަށް ތަކެތި އެކުވަންދެން ގިރާލާށެވެ. އެއަށްފަހު ހެނދުނު ގަޑީ ބޯށެވެ.

ޕީނަޓް ޕްރޮޓީން ޝޭކް

މިއީ ބަރުދަން އިތުރުކުރުމަށް ރަނގަޅު ފަރުވާއެކެވެ. އޭގެއިތުރުން މި ބުއިމަކީ ހަކަތަ ހޯދުމަށް ވެސް ރަނގަޅު ބުއިމެކެވެ.

  • ބޭނުންވާ ތަކެތި:
  • 350 އެމްއެލް ފެން
  • އެއް ސްކޫޕް ޕްރޮޓީން ޕައިޑާ (ބޮޑަށް ރަނގަޅީ ޗޮކްލެޓް ނުވަތަ ޕީނަޓް ބަޑާ ފްލޭވާ)
  • އެއް ދޮންކެޔޮ (ފިނިކޮށްފައި ނުވަތަ ތާޒާ)
  • ހަތަރު އައިސް ކިއުބް
  • އެއް ސްކޫޕް ޕީނަޓް ބަޓާ

މިތަކެތި 30 ސިކުންތު ވަންދެން މިކްޗަރަކުން ގިރާލާށެވެ. އޭރަށް މި މީރު ފައިދާހުރި ބުއިން ތައްޔާރުކޮށްލެވުނީއެވެ.

ޗޮކްލެޓް އެވޮކާޑޯ ސްމޫތީ

ޗޮކްލެޓް އަދި އެވޮކާޑޯ އަކީ އެކު ކުރުމުން ވަރަށް ގިނަ ފައިދާތަކެއް ލިބޭ އެއްޗެކެވެ. ބަރުދަން އިތުރުކޮށްދިނުމަށް އެހީވާއިރު ހަކަތަ ވެސް އިތުރު ކޮށްދެއެވެ.

  • ބޭނުންވާ ތަކެތި:
  • ޗިސްކޮށްފައިވާ އެވޮކާޑޯ އެއް
  • ތިން މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑާ
  • ތިން މޭޒުމަތީ ސަމުސާ މާމުއި
  • ދެ މޭޒުމަތީ ސަމުސާ ޑާކް ޗޮކްލެޓް
  • ދެ ސްކޫޕް ޕްރޮޓީން ޕައުޑާ (ބޮޑަށް ރަނގަޅީ ޗޮކްލެޓް ނުވަތަ ޕީނަޓް ބަޑާ ފްލޭވާ)
  • ކިރު ތައްޓެއް
  • އައިސް ކިއުބްސް

ތައްޔާރުކޮށްލަން ވަރަށް ފަސޭހަ އެވެ. މަތީގައިވާ ތަކެތި، މިކްޗަރަކުން ރަނގަޅަށް ގިރާލާށެވެ. އޭރަށް ބުއިން ތައްޔާރުކޮށްލެވުނީ އެވެ. މި ބައިން ވެސް ބުއިމަށް އެންމެ ރަނގަޅީ ހެނދުނު އެވެ. ނަމަވެސް އެހެން ގަޑިތަކުގައި ބުއިމުން ވެސް ގޯހެއް ނެތެވެ.