މޯލްޑިވްސް ޕޮލިސް ސާވިސް

ސަފާރީއެއްގައި ފަތުރުވެރިޔަކު ރޭޕް ކުރިކަމަށް ބުނާ މައްސަލައެއް ބަލަނީ

ސަފާރީއެއްގެ ތެރޭގައި ފަތުރުވެރިޔަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން ފަތުރުވެރިޔަކު ސަފާރީއަކަށް ގެންގޮސް ރޭޕް ކުރުމުގައި ފަސް ފިރިހެނުން ވަނީ ބައިވެރިވެފަ އެވެ. އަދި އޭނާގެ އަތުގައި ހުރި ފައިސާވެސް އެ މީހުން ވަގަށް ނެގިަކަމަށް މައުލޫމާތު ލިބެ އެވެ.

މިމައްސަލަ ވައިބަ ގުރޫޕެއްގައި ފެންމަތިކުރީވެސް ބިދޭސީ އަންހެނެކެވެ.

ރޭޕްގެ މައްސަލަތައް ސީރިއަސް މައްސަލަތަކުގެ ގޮތުގައި އަބަދުވެސް ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް، މިފަދަ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތަށް އިންސާފު ނުލިބޭކަމަށް އެ ފަރާތްތަކުގެ އާއިލާތަކުން މައުލޫމާތުދެއެވެ.