މޯލްޑިވްސް ޕޮލިސް ސާވިސް

ވަޅި ހެރި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް

ޒުވާނާގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލި ފިހާރަ ކުރިމަތީގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: އަވަސް
0%
0%
0%

މާލޭގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލުމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ފުލުހުން ބުނީ އުމުރުން 30 އަހަރުގެ ޒުވާނާގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރު ކުރި 20 އަހަރުގެ ފިރިހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށެވެ.

އުމުރުން 30 އަހަރުގެ ޒުވާނާގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލާފައިވަނީ އެ މީހާ މާފަންނު "ކްރާސާ" ފިހާރައިގެ ތެރޭގައި ހުއްޓަ އެވެ.

މިމައްސަލަ އާއި ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާފަންނު ފިހާރަ ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އެކަކު ހޯދައި ކޯޓު އަމުރެެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޒަހަމްކޮށްލި ޒުވާނާ އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗް އިން ވަނީ އިއްޔެ ބުނެފައިވެ އެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު މިކަން ޔަގީންކޮށްދެއްވި ނަމަވެސް ޒުވާނާގެ ހާލަތާ ގުޅޭގޮތުން އިތުރު މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.

ޒަހަމްވި މީހާގެ ފޮޓޯ ސޯޝަލްމީޑިއާގައި ދައުރުވަމުންދާއިރު އެމީހާ އޮތީ ލޭތަކާ އެކު ފިހާރައިގެ ތަޅުންގަނޑު މައްޗަށް ވެއްޓިފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910