ބޭންކް އޮފް މޯލްޑިވްސް

ސިޓީ އުރައިން ފައިސާ ޖަމާކުރެވޭ ހިދުމަތް ހުއްޓާލަނީ

ސިޓީއުރަ މެދުވެރިކޮށް އޭޓީއެމް އިން ފައިސާ އާއި ޗެކު ޖަމާކުރެވޭ ހިދުމަތް ހުއްޓާލުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި އެ ހިދުމަތް ހުއްޓާލާނީ މާޗް ފުރަތަމަ ދުވަހުން ފެށިގެންނެވެ.

އޭޓީއެމް އިން ސިޓީއުރައިގައި ފައިސާ އާއި ޗެކު ޖަމާކުރާ ހިދުމަތް ހުއްޓާލާނެކަން ބޭންކުން ވަނީ މިމަހުގެ އިއުލާނުކޮށްފަ އެވެ.

ސިޓީ އުރައިގައި ފައިސާ ޖަމާކުރުމުގެ ހިދުމަތް ހުއްޓާލި ނަމަވެސް އޭޓީއެމްތައް މެދުވެރިކޮށް އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އެވެ.

ނޫޓުގެ ކޮލިޓީ ދަށްވުމުން އޭޓީއެމުން ގަބޫލުނުކުރާ ނޫޓުތައް ސިޓީ އުރައިގައި ޖަމާކުރެވެ އެވެ.