މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންނަށް ދަރަންޏަށް ބޭސްކޮށްދޭނެ ކްލިނިކްތަކެއް ހޯދަނީ

އެސްއޯ ފުލުހުން މަގުމަތީގައި އަމަން ބެލެހެއްޓުމަށް ހަރަކާތްތެރިވަނީ -- ފޮޓޯ: އަވަސް
0%
0%
0%

ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް ދަރަންޏަށް ބޭސް ފަރުވާގެ ހިދުމަތް ދޭނެ ކްލިނިކްތަކެއް ހޯދަން އިއުލާން ކޮށްފި އެވެ.

ފުލުހުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތަށް ބިލް ކުރާ ގޮތަށް ފުލުހުންނާއި އެ މީހުންގެ އާއިލާތަކަށް ބޭސް ފަރުވާ ކޮށްދޭނެ ކްލިނިކްތަކެއް ހޯދަން ބޭނުންވާ ކަމަށެވެ.

މި ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ހާއްސަކޮށްފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު ފުލުހުންގެ މެއިލްއަށް މެއިލް ކުރުމަށް އިއުލާނުގައި ބުނެފައިވެ އެވެ.

ރަޖިސްޓްރީ ވުމުގެ ފަހު ވަގުތެއްގެ ގޮތުގައި ފުލުހުން ބުނެފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ 14:00 އެވެ. އަދި މި ވަގުތުގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ފުލުހުންނާއި އެމީހުންގެ އާއިލާތަކަށް ބޭސް ފަރުވާ ދިނުމަށް ހަދާފައިވާ ނޫސަންދަ ކްލިނިކް މިހާރުވެސް ހިންގަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކޮވިޑޭ

އަޖާއިބު، ކޮބާތަ އެބުނާ އާސަންދަ، ފުލުހުންގެ ނޫސަންދަ ކްލިނިކް، ސިފައިންގެ ސެނަހިޔާ ހޮސްޕިޓަލް

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910