އަދާލަތު ޕާޓީ

އަދާލަތު ޕާޓީގެ ގޮފިތަކުގެ އިންތިހާބު އަންނަ މަހު

އަދާލަތު ޕާޓީގެ ގޮފިތަކުގެ ހިންގާ ކޮމިޓީގެ އިންތިހާބު އަންނަ މަހު ބޭއްވުމަށް ނިންމައިފި އެވެ.

އެ ޕާޓީގެ ގޮފިތަކުގެ ހިންގާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހު އެވެ.

ގޮފިތަކުން އިންތިހާބުކުރާ މަގާމުތަކުގެ ތެރޭގައި ރައީސް، ނައިބު ރައީސް، ސެކްރެޓަރީ، ސެކްރެޓަރީގެ ނައިބުގެ މަގާމު ހިމެނެ އެވެ. އޭގެ އިތުރުން ހަޒާންދާރު އާއި މީޑިއާ ކޯޑިނޭޓަރުގެ މަގާމުގެ އިތުރުން ޔުނިޓްތަކުގެ މަންދޫބުން އިންތިހާބު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އަންހެނުންގެ ކޮމިޓީގެ ރައީސާ އާއި ޒުވާނުންގެ ކޮމިޓީގެ ރައީސްވެސް އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފަ އެވެ.

ގޮފިތަކުގެ ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަގާމްތަކަށް އާއްމުކޮށް ވަނީ ހުޅުވާލާފަ އެވެ. ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހުށައެޅުމުގެ މުއްދަތު އަންނަ ބުދަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ މަގާމްތަކަށް ކުރިމަތިލާ ފަރާތްތަކަކީ ޕާޓީގެ މެންބަރުންނަށް ވާންޖެހޭނެ ކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފަ އެވެ.

އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހެނދުނު 9:00 އިން މެންދުރުފަހު 3:00ގެ ނިޔަލަށެވެ.