އިމްރާން އަބްދުﷲ

"ޑްރަގާއި ގުޅުން ހުރި ސިޔާސީ މީހުންގެ ވަނަވަރު މަޖިލީހުގައި ހާމަ ކުރާނަން"

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ފޮޓޯ: އަވަސް
0%
0%
0%

މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ މީހުންނާއި ގޭންގުތަކާއި ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ ސިޔާސީ މީހުންގެ ވަނަވަރު ރައްޔިތުން މަޖިލިހަށް ގެންނަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިމްރާން ވިދާޅުވީ ސިޔާސީ ބައެއް ބޭފުޅުންނާއި ވިޔަފާރިވެރިންގެ އިތުރުން މުއައްސަސާތަކުގެ ވެރިން ޑްރަގުގެ ނެޓްވޯކްތަކާއި ގުޅުން އޮންނަ ކަމަށެވެ. އަދި އެމީހުންގެ ނަންތައް މަޖިލީހަށް ހިއްސާ ކުރައްވާނެ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

"ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އަޅުގަނޑު މިކަން ގެންނާނަން މަޖިލީހާއި ހަމައަށް. މަޖިލީހުގެ 241 ކޮމިޓީއަށް، މަޖިލީހާއި ހަމައަށް ގެންނާނަން އިރާދަ ކުރެއްވިއްޔާ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ބަލަން ޖެހޭ ހުރިހާ ކަންކަން ނުނިމެނީސް މިފަދަ ވާހަކަތައް މަޖިލީހުގައި ދެއްކުން އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަން މެންބަރުންނަށްވެސް އަދި މަނިލީހުގެ ރައީސަށްވެސް އެނގިވަޑައިގަންނަވާނެ ކަމަަށެވެ.

މަސްތުވާތަކެތީގެ ނެޓްވޯކްތަކާއި ގުޅުން ހުންނަ މީހުންގެ ތެރޭގައި ފުލުހުންގެ މީހުންވެސް ހިމެނޭ ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި އެކަން އެނގޭ ކަމަށްވެސް ވިދާޅުވި އެވެ.

އެފަދަ އެތައް ފުލުހުންނެއް ސީދާ އެމަނިކުފާޏުގެ ސިޔާއިއެކު ކަނޑާލާފައިވާނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފަ އެވެ. އަދި އެފަދަ މައްސަލަތަކުގައި ވަކި ކުރި ފުލުހުންގެ އަދަދުވެސް ހާމަ ކުރަން ޖެހުމުން ހާމަ ކުރައްވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ްއަހްމަދު

މަސްތުވާތަކެތީގެ ނެޓްވޯކްތަކާއި ގުޅުން ހުންނަ މީހުންގެ ތެރޭގައި ފުލުހުންގެ މީހުންވެސް ހިމެނޭ ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި އެކަން އެނގޭ ކަމަށްވެސް ވިދާޅުވި އެވެ. ކީއްވެގެންތޯ އެމީހުންނަށް ވިޔަވަޅު ނައަޅާ އެމީހުން ވަޒީފާގައި ބައިތިއްބާގެން އުޅެނީ.ދާދި ފަހުން އޮޕަރޭޝަނެއްގެ ތެރެއިން ހައްޔަރު ކުރި ފުލުހުންގެ މީހާ މިހާރު ވެސް ހުރީ ވަޒީފާގައި މީތޯ އަލާ ފިޔަވަޅަކީ.ހޮސްދޮގު ވާހަކަ މަޖިލީހުގައި އިމްރާން އެދެއްކެވީ.މީހުންގެ ބޯކާލަން ތިދައްކާ ވާހަކަ މިހާރަކު ޤަބޫލެއް ނުކުރާނެ. ވަރަށްސަލާމް.............

ޢަހްމަދު

މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ މީހުންނާއި ގޭންގުތަކާއި ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ ސިޔާސީ މީހުންގެ އަދި މަސްތުވާ ތަކެތީގައި އުޅޭ ފުލުހުންގެ ވަނަވަރު މިހާރުން މިހާރަށް ހާމަކޮށްދީބަލަ. ހާމަ ނުކޮށް ލަސްވާކޮންމެ ދުވަހަކީ އެމީހުންނަށް އަދި މަސްތުވާ ތަކެތި ބޭނުން ކުރާފަރާތަަށް ލިބޭ ހިއްވަރެއް..

ނަސިރު

ނުކެރޭނެ ހިއްވަރު ހުރިކަމަށް ވަނިނަމަ މިހާރުން މިހާރަށް ހާމަ ކޮށްދީބަލަ.އަދި ފުލުހުންގެ ތެރެއިން މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ މިހުން ހާމަކޮށްދީބަލަ.

އުރަ

ހެހެ އިންތިހާބު ކައިރިވީމަ އެންމެ ހާމަ ކުރެވޭ މީހާ މީ

ކެޕްޓަން މެންގްރޫވް

މިކަލޭގެ މީ މަރުހޫމް ޑރ.އަފްރާޝީމް ގެ މަރާ ގުޅޭ ލިޔެކިޔުމޭ ކިޔައިގެންވެސް ގަނޑުތަކެއް ހިފައިގެން ހުރު ކަރުބުޑުން އަޑުނެރެ ހަޅޭއްލެވި މީހެއް. މިހުރީ ހެއްކޭ ކިޔާފަ. ހެކި ހުރިއްޔާ މިހާރު ކީއްވެފަތަ ތި ހުންނަނީ. ސިޔާސީ ދޮގާއި ފިތުނަ އުފައްދައިގެން ކައިގެން ބޮއިގެން ކުއްލި މުއްސަނދި ކަމުގަ މިދުނިޔޭގަ ތިހެން އުޅެވިދާނެ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910