ހަބަރު

މިސްކިތްތަކުގައި ނިދާ ކައިބޮއެ ހަދާތީ ހައްލެއް ހޯދަނީ

މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ހޯމް މިނިސްޓްރީ
0%
0%
100%

މިސްކިތްތަކުގައި މީހުން ނިދާ ކައިބޮއި ހަދާ ކަމުގެ ޝަކުވާ ލިބޭތީ އެކަން ހައްލު ކުރުމަށް ކޮމިޓީ އެއް ހަދައި މަސައްކަތް ފަށައިފި އެވެ.

ހޯމް މިނިސްޓްރީން މިއަދު ބުނީ، މާލޭސިޓީގައި ބޯހިޔާވަހިކަމެއް، އަޅާލާނެ ބަޔަކު ނެތި މަގުމަތިވެފައިވާ ފަރާތްތަކުން ބައެއް މިސްކިތްތަކުގައި ފެންވަރައި، ނިދާ ކައިބޮއި ހަދާކަމުގެ ޝަކުވާ އެ މިނިސްޓްރީ އަށް ލިބޭ ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް ގުޅުންހުރި ދާއިރާތަކާއެކު މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި މަސައްކަތް ހައްލުކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެކުލަވާލެއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓްރީގެ އިތުރުން، ޖެންޑާ އާއި ނޭޝަނަލް ޑްރަގް އެޖެންސީ އާއި ސިޓީ ކައުންސިލާއި ފުލުހުންނެވެ.

އިތުރަށް ބުނީ، ހޯމް މިނިސްޓްރީން އިސްވެ އެކަމަށް ހައްލެއް ހޯދަން މަސައްކަތް ފެށީ އޭގެތެރެއިން ގިނަ ފަރާތްތަކަކީ ކުށުގެ ރެކޯޑް އޮންނަ ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައްކަމުގައި ފާހަގަކުރެވޭތީ ކަމަށެވެ.

މިކަމާ ގުޅިގެން މިއަދު ބައްދަލުވުމެއް ބާއްވާ ހައްލު ކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި، އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345