މަސްތުވާތަކެތި

ހަތަރު ކިލޯގެ މަސްތުވާތަކެއްޗާ އެކު ފަސް މީހަކު ހައްޔަރުކޮށްފި

Mar 7, 2023

ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ހަތަރު ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ފުލުހުން މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މިމަހުގެ ހަތަރުވަނަ ދުވަހު މާލޭގަ އެވެ.

ފުލުހުންގެ އޮޕަރޭޝަންގައި 10 ތަނެއް ބަލައި ފާސްކޮށް ދިވެހި ފަސް ފިރިހެނުން ހައްޔަރުކޮށްފައިވެ އެވެ.

މި އޮޕަރޭޝަންގައި ފޮރުވާފައި ހުއްޓާ އަތުލައިގެންފައިވަނީ 4.097 ކިލޯ ހެރޮއިން އެވެ.

ފުލުހުން ހިންގާ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި އަތުލައިގަންނަ މަސްތުވާތަކެތީގެ އަދަދު މިފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

މަސްތުވާތަކެތީގެ އޮޕަރޭޝަންތައް ފުލުހުން ހިންގާތީ އެކަމުގެ ތެރޭގައި އުޅޭ ފުލުހުންނަށް ގޭންގުތަކުން ހަމަލާދީ ހަދާކަން ފާހަގަކުރެވޭ ކަމަށާއި ނަމަވެސް މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ނުހުއްޓާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެކުރިން ވިދާޅުވެފައިވެ އެވެ.