ގއ. ކޮލަމާފުށީގައި ޕްރިންޓްކުރުމުގެ ހިދުމަތްދޭ ތަނެއްގައި މިއަަދު ރޯވެ އަނދައިފި އެވެ.
އަލިފާން ރޯވިތާ ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުން ފުލުހުންނާއި ކޮލަމާފުށި ރައްޔިތުން ގުޅިގެން ވަނީ އަލިފާންގަނޑު ނިއްވާލާފަ އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އަލިފާން ރޯވީ މިއަދު މެންދުރު 12:00 ހާއިރު އެވެ.
އަލިފާން ރޯވި ތަނުން އެއްޗެހިތަކެއް ގޮވާ އަޑު އިވުނު ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ. އަލިފާން ރޯވާ ދިމާވި ވަކި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.