ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް

މާދަމާ އެއާޕޯޓެއް ހުޅުވަންޖެހުނަސް އާރްއޭސީއެލް އޮތީ ތައްޔާރަށް

ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އާރްއޭސީއެލް
100%
0%
0%

ސަރުކާރުން ރާއްޖޭގެ ސަރަހައްދުތަކުގައި އެއާޕޯޓް ތަރައްގީ ކުރަމުންދާއިރު މާދަމާ އެއާޕޯޓެއް ހުޅުވަންޖެހުނަސް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އޮތީ ތައްޔާރަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ ވިދާޅުވެއްޖެ އެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރިޒުވީ ވިދާޅުވީ ކުންފުނި އުފެދި ފާއިތުވީ ދެ އަހަރު ދުވަހުގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވައުދުފުޅު ފުއްދެވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

އަމިއްލަ ވަސީލަތްތައް ބިނާކޮށް ކުރެވުނު މަސައްކަތުގެ ފައިދާ މުޅި ސިނާއަތަށްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އާރްއޭސީއެލް އިން ބަލަހައްޓާ ހިންގަމުންދާ އެއާޕޯޓްތަކަކީ ޒަމާނީ ފެންވަރުގެ މެޝިންތައް ބެހެއްޓި ސިވިލް އޭވިއޭޝަން އިން ގަބޫލުކުރާ މިންގަނޑަށް ގެނެވިފައިވާ އެއާޕޯޓްތަކެއް ކަމަށް ރިޒުވީ ވިދާޅުވި އެވެ.

ފަރެސްމާތޮޑާ އެއާޕޯޓަކީ ރާއްޖޭގައި ހުޅުވުނު 18 ވަނަ އެއާޕޯޓެވެ. އަދި މި އެއާޕޯޓަކީ ރީޖަނަލް އެއާޕޯޓްސްގެ ބެލުމުގެ ދަށުން ހިންގާ ބަލަހައްޓަމުން ގެންދާ ހަތްވަނަ އެއާޕޯޓެވެ.

މި އެއާޕޯޓް ހުޅުވައިދެއްވީ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

ފަރެސްމާތޮޑާ އެއާޕޯޓް -- ފޮޓޯ: އާރްއޭސީއެލް

ސަރުކާރުގެ ދަތުރުފަތުރުގެ ސިޔާސަތު އިތުރަށް ހަރުދަނާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގެމަތިން އެއްރަށުން އަނެއްރަށަށް ދެވޭނެ އިންތިޒާމްތައް ހަމަޖައްސަވައި ދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ 30 މިނިޓުގެ ރާސްތާއެއްގައި އެއާޕޯޓެއް އޮތުމެވެ.

ފަރެސްމާތޮޑާ އެއާޕޯޓަކީ 1،200 މީޓަރުގެ ރަންވޭއަކާއި ނައިޓް ލޭންޑިންގެ ފެސިލިޓީއާއެކު ހުޅުވި އެއާޕޯޓެކެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އިބުރޭ

އާން!!!! ތިވަރު ކޮއްފަ ދިނީމަ ކޮންމެ މީހަކުވެސް ހުޅުވާނެ. ތި ކުންފުނީގެ މޮޅުކަން ފެންނާނީ ތިތަން ބަލަހައްޓާ ފެންވަރަކުން.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345