އެކްސިޑެންޓް

މަރަދޫގައި ބާރަށް ދުއްވި ކާރެއް، ފާރެއްގައިޖެހި ގެއްލުން ވެއްޖެ

އައްޑޫ ސިޓީ މަރަދޫ އޯކިޑް މަގުގައި ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލް ނެއްޓި ގެއެއްގެ ފާރުގައިޖެހި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

އެކްސިޑެންޓާ ގުޅޭ ގޮތުން އަވަސްއަަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިއަދު މެންދުރުފަހު 2:30 ހާއިރު މަރަދޫގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި ގެއެއްގެ ފާރަށް އަރާފައިވާ ކަމަށެވެ.

އެކްސިޑެންޓުގައި ކާރަށް ބޮޑެތި ގެއްލުންތަކެއްވެފައި ވެއެވެ. އަދި ގޭގެ ފާރު ތަޅައިގެން ދިޔައެވެ. ފުލުހުން މިހާރު ދަނީ މި އެކްސިޑެންޓް ތަހުގީގު ކުރަމުންނެވެ.