ހުޅުމާލެ

މެކޭނިކަލް ޕާކިން ސިސްޓަމްތައް އޮޕަރޭޓްކުރާނެ ބަޔަކު ހޯދަނީ

ހުޅުމާލޭގައި ހުރި ބައެއް މެކޭނިކަލް ޕާކިން ސިސްޓަމްތައް އޮޕަރޭޓްކުރާނެ ބަޔަކު ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފި އެވެ.

އެޗްޑީސީން ވަނީ ހުޅުމާލޭގައި ހުރި ހަ މެކޭނިކަލް ޕާކިން ސިސްޓަމެއް އޮޕަރޭޓްކުރާނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފަ އެވެ.

އެގޮތުން ބޯގަންވިލާ މަގުގައި ހުރި ތިން ޕާކިން ސިސްޓަމާއި ނިރޮޅުމަގުގައި ހުރި ދެ ސިސްޓަމް އަދި ކަނީރުމަގުގައި ހުރި ޕާކިން ސިސްޓަމެއް އޮޕަރޭޓްކުރާނެ ބަޔަކު ހޯދަން ވަނީ އިއުލާނުކޮށްފަ އެވެ.

އެޗްޑީސީން ބުނި ގޮތުގައި މި ޕާކިން ސިސްޓަމްތަކުގައި އެއްފަހަރާ 166 ވެހިކަލް ޕާކުކުރެވޭނެ އެވެ.

ޕާކިން ސިސްޓަމްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުން އޮންނާނީ މާދަމާ ހެނދުނު 10:30 ގައި ޒޫމް މެދުވެރިކޮށެވެ.

މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 27 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ.