މޯލްޑިވްސް ޕޮލިސް ސާވިސް

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

މާލެއިން މީހަކު ގެއްލިގެން ރިޕޯޓް ކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ގެއްލިގެން ހޯދަމުން ދަނީ ކ. މާލެ / ހ. ކޯލީފްލާވަރ، އަހުމަދު ނާޝިދު (46އ) ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން ބުނީ މާޗް 15، 2023 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މާޗް 19، 2023 ވަނަ ދުވަހު ކަމަށެވެ.

އޭނާ ގެއްލިގެން ރިޕޯޓް ކުރުމާއިއެކު ފުލުހުންގެ ކަމާގުޅުންހުރި އެންމެހާ ބަހާތަކަށް މައުލޫމާތުތައް ހިއްސާކޮށްފައިވާނެ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަހުމަދު ނާޝިދު ހޯދުމަށްޓަކައި ފުލުހުން ކުރި މަސައްކަތުން މިހާތަނަށް އޭނާ ފެނިފައި ނުވާތީ އޭނާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ފުލުހުން ވަނީ މިފަދަ މައްސަލަތަކުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ޝުކުރުއަދާކޮށްފަ އެވެ.