މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީގެ ސަރުކާރެއްގައި ހިޔާ ފްލެޓުތަކުގެ ކުއްޔަކީ 4،000 ރުފިޔާ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ހިޔާ ޓަވަރުތައް -- ފޮޓޯ: އަވަސް
0%
0%
0%

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ސަރުކާރެއްގައި ހިޔާ ފްލެޓްތަކުގެ ކުލި 4،000 ރުފިޔާއަށް ކުޑަކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

އެމްއެންޕީގެ ކްލަބްހައުސްގައި ރޭ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ހިޔާ ފްލެޓްތަކުގެ ކުލި މަހަކު 4،000 ރުފިޔާއަށް ކުޑަކުރައްވާނެ ކަމަށެވެ.

ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރާނީ ހިޔާ ފްލެޓު ހެދުމަށް ނަގާފައިވާ ލޯނު ރީސްޓްރަކްޗާކޮށްގެން ކަމަށް ނާޒިމު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި "ހިޔާ"ގެ ނަމުގައި ކުރިއަށް ގެންދިޔަ މަޝްރޫއެއްގެ ތެރެއިން 7،000 ފްލެޓްގެ ބޮޑު ބައި ނިންމި އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ނިންމާފައި އޮތީ ހިޔާ ފްލެޓަކަށް މަހު ކުލީގެ ގޮތުގައި 5،500 ރުފިޔާ ދައްކާ ގޮތަށެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވެ އެ އަދަދު ވަނީ 8،500 ރުފިޔާއަށް އިތުރުކޮށްފަ އެވެ. އެއީ މަހު ކުއްޔަށް 7،500 ރުފިޔާއާއި މެއިންޓަނަސް ފީގެ ގޮތުގައި 1،000 ރުފިޔާ އެވެ. މިސަރުކާރުން ބުނާ ގޮތުގައި ހިޔާ ފްލެޓް އަޅަން ނަގާފައިވާ ލޯނަށް ދައްކަންޖެހޭ އަދަދު ބޮޑުވުމާ ގުޅިގެން 7،500 ރުފިޔާ އަކީ ކުލި ކުޑަކޮށްދެވޭނެ އެންމެ ކުޑަ އަގެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޑިމޮކްރަސީ

ރަގަޅު މިސްރާބަކަށް ވެރިކަން ކޮށްދޭނެ މީހަކީ ނާޒިމް ކަން ޔަޤީން އެހެން މިބުނީ މިހާތަނަށް ދައްކަވާފަހުރި ޢިލްމީވާހކަތަކާއި ރައްޔިތުންގެ އިޙްސާސްތަކަށް ބިނާކޮށް ހެދިފަވާ މެނިފެސްޓޯއަށްބަލާފަ ގޮތް ނިންމާނީ ރައްޔިތުން

ހަސަނުގ

ވަކި ބަޔަކަށް ވަކި ގޮތެއް ހަދާ ސަރުކާރެއް ބޭނުމެއް ނޫން.

ކަނޑު ކޮހުން

ނާޒިމަކީ ވެރިކަމުގެ އާޖުފާޖު ދަންނަ މީހެއް ނޫން. 4،000ރ އަށް ކުލި ކުޑަކޮށްގެން ސަރުކާރުން ނެގި ލޯނު ނުދެއްކި ޑިފޯލްޓް ވާނީ. ދެން ކުލި ދައްކަން ޖެހޭނީ ސީދާ ޗައިނާއަށް އެވެސް އެމީހުން ބުނާވަރެއް ޑޮލަރުން. ހެޔޮނުވާނެ ފިސްތޯލަ ނާޒިމަށް ބުރުމާ ގާސިމަށް ވޯޓުދޭން. މީހުސް ކަނޑުކޮހުން.

ޢަލިމާ

ކޮއުންޓްމީ

ކޮތަރުކޮށި

ތިމީހާގެ ވެރިކަމުގާ ކޮޓަރިތައް ހިލޭވެސް ދީފާނެ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345