ލައިފްސްޓައިލް

ތުނބުޅި ހުންނަ ފިރިހެނުންނާ، ގަޔާ ވަނީ ކީއްވެ؟

ތުނބުޅިއަކީ ފިރިހެނެއް ފުރިހަމަ ކޮށްދޭ އެއްޗެކެވެ. ފިރިހެން ކުއްޖެއް ކުޑަ ކުއްޖެއްގެ ގޮތުގައި ހުރެ ފިރިހެނަކަށް ވަނީ ވެސް ތުނބުޅި ފެޅުމުންނެވެ. ތުނބުޅި ބެހެއްޓުމަށް އިސްލާމް ދީނުގެ ސުންނަތުގައި ވެސް ވަނީ ބާރު އަޅާފަ އެވެ. ތުނބުޅި ބެހެއްޓުމުން ސިއްހަތަށް ވެސް އޭގެ ގިނަ ފައިދާތަކެއް ކުރާ ކަން ސައިންސުވެރިން ބުނެފައިވާއިރު ތުނބުޅި ބެހެއްޓުމަކީ އަންހެނުން ވެސް މާ ގަޔާވާ ކަމަކަށް މިވަނީވެފަ އެވެ. އަންހެނުންނަށް ތުނބުޅި ހުންނަ ފިރިހެނުން ކަމުދާ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ.

1- ފިރިހެން ވަންތަކަން

ތުނބުޅި ބެހެއްޓުމަކީ ފިރިހެން ވަންތަކަން އެމީހެއްގެ ގައިގާ ހުންނަ ކަމެކެވެ. އަންހެނުންނާއި ފިރިހެނުން ތަފާތުކޮށްދޭ އެއް ސިފައަކީ ވެސް ތުނބުޅި އެވެ. އެހެންކަމުން ތުނބުޅި ނެތް ފިރިހެނުންނަށްވުރެ އަންހެން ގަޔާ ވަނީ ތުނބުޅި ހުންނަ ފިރިހެނުންނާ އެވެ. އެކަމުގެ އެއް ސަބަބަކީ ފިރިހެން ވަންތަ ވުމެވެ.

2- ހަރު މީހެއްގެ ސިފަ ހުރުން

ތުނބުޅި ހުންނަ ފިރިހެނުންނަށް އަންހެނުން ލޯބިކުރާ ދެވަނަ ސަބަބަކީ ތުނބުޅި ހުންނަ މީހުންގެ ގައިގާ ހަރު ސިފަ ޖެހުމެވެ. ތުނބުޅި ނެތް ފިރިހެން ކުޑަ ކުއްޖެއް ހެން ހީވެސް ވެދާނެ އެވެ. ނަމަވެސް ތުނބުޅި ހުންނަ ނަމަ އެ މީހެއްގެ ގައިގާ ހަރުކުލަ ޖަހާނެ އެވެ. އެ މީހަކީ މެޗުއާ މީހެއް ކަމަށް އަންހެނުން ގަބޫލުކުރާނެ އެވެ.

3- ތުނބުޅި ހުންނަ ފިރިހެނުން ބަލާލަން ރީތިވުން

ތުނބުޅި ހުންނަ ފިރިހެނުންނާއި ނުހުންނަ ފިރިހެނުން އަޅާކިޔާއިރު ވަރަށް ބޮޑު ތަފާތެއް ފެންނާނެ އެވެ. މުޅި މީހާގެ ސިފަ ތަފާތުވާނެ އެވެ. ތުނބުޅި ބަހައްޓާލުމުން ގިނަ ފިރިހެނުންގެ ސިފަ ރީތިވެ އެވެ. އެމީހަކީ ރީތި ފިރިހެނެއް ކަމަށް ވެގެންދެ އެވެ. ބަލާލަން ރީތި މީހަކަށްވެ އެވެ. މިހެންވާއިރު ތުނބުޅި ހުންނަ ފިރިހެނުން އަންހެނުންނަށް ކަމުނުދާނީ ކީއްވެގެން ހެއްޔެވެ؟

4- ތުނބުޅި ހުންނަ ނަމަ ލާ ގިނަ ހެދުންތަކާ ވެސް ގުޅޭ

ތުނބުޅި ހުންނަ ފިރިހެނުން އަންހުންނަށް ކަމުދާ އަނެއް ސަބަބަކީ މިއީ އެވެ. ފިރިހެނުންގެ ގިނަ ހެދުންތައް ގުޅެނީ ކޮންމެވެސް ވަރަކަށް އެމީހަކު ތުނބުޅި ވެސް ބަހައްޓާލާފައި ލީމަ އެވެ. މިހާރު ފިރިހެނުންގެ ގަމީސް، ޓީޝާޓް ފަދަ އެއްޗެހި އިސްތިހާރުކުރާ މޮޑެލް ވެސް ހުންނަނީ ތުނބުޅި ބަހައްޓާފަ އެވެ. އެއީ ތުނބުޅި ހުރުމުން ހެދުމަށް ވެސް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާތީ އެވެ.

5- ތުނބުޅި ޝަހުސިއްޔަތު ދައްކުވައިދޭ

މިއީ ވެސް ތުނބުޅިއަށް އަންހުނުން ލޯބިކުރާ ކަމެކެވެ. ތުނބުޅި ހުންނަ މީހުންގެ ވަރުގަދަ ޝަހުސިއްޔަތެއް ހުރެ އެވެ. އެމީހަކީ ވަރުގަދަ ޝަހުސިއްޔަތެއްގެ ވެރިއެއްކަން ތުނބުޅިން ދައްކުވައިދެ އެވެ.

6- ހިތްވަރުގަދަ ކަމާއި ބާރުގަދަ ކަމުގެ ސިފަ ހުރުން

ތުނބުޅި ބެހެއްޓުމުން ފިރިހެނުން ގައިގާ މި ސިފަތައް ވެސް ހުންނަ ކަމަށް ދައްކަ އެވެ. ބާރުގަދަކަމާއި ހިތްވަރު ގަދަ ކަމެކެވެ. ކޮންމެ މީހަކު ވެސް ބޭނުންވާނީ އެފަދަ ފިރިހެނެއްކަން ކަށަވަރެވެ.

7- ތުނބުޅި އާ ބެހިލާ ހިތް އަންހެނުންވުން
މިއީ ހެއްވާ ސަބަބެކެވެ. ނަމަވެސް މިއީ އަންހެނުން ކުރާ ހިތްވާ ކަމެކެވެ. އެމީހުންނަށް އުފަލެއް ލިބޭ ކަމެކެވެ. ފިރިހެނުންގެ ތުނބުޅީގައި އަތް އުނގުޅާލައި ތުނބުޅިއާ ބެހިލުމަކީ އަންހެނުން ލޯބިކުރާ ކަމެކެވެ.