އެމްއެމްއޭ

ރިޒާވް މަދުވެ 764 މިލިއަން ޑޮލަރަށް

ރާއްޖޭގެ ރަސްމީ ރިޒާވް މިދިޔަ މާޗް މަސް ނިމުނުއިރު 764.63 މިލިއަން ޑޮލަރަށް ދަށްވެއްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކަށް ދައްކާ ގޮތުން ފެބްރުއަރީ މަހާ އަޅާބަލާއިރު މާޗް މަހު ރަސްމީ ރިޒާވުން 31.2 މިލިއަން ޑޮލަރު ވަނީ މަދުވެފަ އެވެ.

ރަސްމީ ރިޒާވްގައި ފެބްރުއަރީ މަސް ނިމުނުއިރު ހުރީ 795.83 މިލިއަން ޑޮލަރެވެ. ރަސްމީ ރިޒާވްގެ ގޮތުގައި ޖެނުއަރީ މަސް ނިމުނުއިރު ހުރީ 789.97 މިލިއަން ޑޮލަރެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މާޗް މަހު ކުރު މުއްދަތުގެ ދަރަނި ހުރީ 564.44 މިލިއަން ޑޮލަރުގަ އެވެ. ކުރު މުއްދަތުގެ ދަރަނި ރަސްމީ ރިޒާވުން އުނިކުރުމުން މާޗްގައި ބޭނުންކުރެވޭ ރިޒާވްގައި ހުރީ 200 މިލިއަން ޑޮލަރެވެ.

ކުރު މުއްދަތުގެ ދަރަނި އުނިކުރުމުން ފެބްރުއަރީ މަހު އެ އަދަދު ހުރީ 235.48 މިލިއަން ޑޮލަރުގަ އެވެ.

ފިނޭންސް މިނިސްޓްރީން އަންދާޒާކުރަނީ މިއަހަރު ނިމޭއިރު ރަސްމީ ރިޒާވްގައި 606.3 މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ.