މޯލްޑިވްސް ޕޮލިސް ސާވިސް

ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ދޮންބައްޕަ ހައްޔަރުކޮށްފި

Apr 24, 2023

ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ދޮންބައްޕަ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވަނީ 13 އަހަރުގެ އަންހެން ކުއްޖެކެވެ.

ފުލުހުން ބުނީ މިމަހުގެ 12 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅު މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ކުއްޖާއާ އިތުބާރު ހިފޭ މަގާމެއްގައި ހުރި މީހެއް ކަމަށެވެ.

ތުހުމަތު ކުރެވޭ އުމުރުން 33 އަހަރުގެ މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މިމަހުގެ 13 ވަނަ ދުވަހު އެވެ.

މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުުކުރުމުން 30 ދުވަސް ބަންދަށް ޖަހައިދީފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި ސީރިއަސް މައްސަލައެއްގެ ގޮތުގައި މިމައްސަލަ ގެންދަނީ ތަހުގީގުކުރަމުންނެވެ.