މޯލްޑިވްސް ޕޮލިސް ސާވިސް

މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

ތ. ހިރިލަންދޫގައި ހިނގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި ހިރިލަންދޫ ގެއެއްގެ ތެރެއަށް ވަދެ މާރާމާރީ ހިންގާފައިވާކަމުގެ މައުލޫމާތު ލިބުނީ ރޭ 10:00 ހާއިރު އެވެ.

މާރާމާރީގައި 49 އަހަރުގެ މީހަކާއި 43 އަހަރުގެ މީހަކަށް ވަނީ އަނިޔާވެފަ އެވެ. އެ ދެ މީހުންނަށް ހިރިލަންދޫ ސިއްހީ މަރުކަރުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ތ. ވޭމަންޑޫ ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.

ފުލުހުން ބުނި ގޮތުގައި މާރާމާރީއާ ގުޅިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް އިންޒާރުދިން މައްސަލައެއް ރޭ 10:15ހާއިރު ހުށަހެޅުނެވެ.

މާރާމާރީއާ ގުޅިގެން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ރަށުގެ އަމަންއަމާންކަން ނަގާލަން މަސައްކަތްކުރި 36 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.