ޕީއެސްއައިޕީ

ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހަރަދު 45 ޕަސަންޓު އިތުރުވެއްޖެ

ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ދައުލަތުގެ ބަޖެޓުން މިއަހަރު ކުރި ހަރަދު 45 ޕަސަންޓު އިތުރުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އެޕްރީލް 27 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީއަށް ކުރި ހަރަދު ހަތަރު ބިލިއަން ރުފިޔާއަށް އަރަ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ހޭދަކުރި 2.1 ބިލިއަން ރުފިޔާއަށްވުރެ 45 ޕަސަންޓު އިތުރުވުމެކެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 642.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ބިން ހިއްކުމުގެ މަޝްރޫއުތަކަށް 524.8 މިލިއަން ރުފިޔާ އަދި މަގު ހެދުމުގެ މަޝްރޫއުތަކަށް 510.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

އެއާޕޯޓް މަޝްރޫއުތަކަށް 443.4 މިލިއަން ރުފިޔާ ހޭދަކުރިއިރު ބަނދަރު މަޝްރޫއުތަކަށް 413.3 މިލިއަން ރުފިޔާ އަދި ބްރިޖު މަޝްރޫއަށް 380.3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކަށް މިއަހަރުގެ ބަޖެޓުގައި 8.5 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.