އެކްސިޑެންޓް

ކޮންކްރީޓް މިކްސްޗާ ޓްރަކެއް ފުރޮޅާލައިފި

May 12, 2023

ކޮންކްރީޓް މިކްސްޗާ ޓްރަކެއް ފުރޮޅާލައި ބަޔަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގަ އެވެ. ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 7:35 ހާއިރު އެވެ.

މި ހާދިސާގައި ވެހިކަލްގެ ޑްރައިވަރާއި އެ ސަރަހައްދުގައި އެ ވަގުތު ބައިސްކަލުގައި ދިޔަ 13 އަހަރުގެ ފިރިހެން ދެ ކުދިންނަށް ވަނީ އަނިޔާވެފަ އެވެ.

އަނިޔާވި މީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު އެ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލު އަދި ނުލިބެ އެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.