މަގުމަތީގެ އެކްސިޑެންޓް

ހުޅުމާލެ އެކްސިޑެންޓްގައި ފަރުވާ ދެމުންދިޔަ ޒުވާނާ މަރުވެއްޖެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިމަހުގެ ދެވަނަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހާލު ސީރިއަސްވި ޒުވާނާއަށް ފަރުވާ ދެމުންދާތާ ނުވަ ދުވަސް ފަހުން މަރުވެއްޖެ އެވެ.

މި އެކްސިޑެންޓް ހިނގީ ދެވަނަ ފިޔަވަހީގެ ނިރޮޅު މަގުގައި ޕިކަޕަކާއި ސައިކަލެއް ޖެހިގެންނެވެ.

މިރޭގެ ވަގުތެއްގައި މަރުވީ ސައިކަލް ދުއްވަން އިން ޒުވާނާ -- އަހްމަދު ޒައިން (20 އ) އެވެ.

މި އެކްސިޑެންޓާ ގުޅިގެން ޒައިން އަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލްގަ އެވެ.

އޭނާ މިރޭ މަރުވީ އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އޭނާއަށް ފަރުވާ ދިނުމަށް ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. ނަމަވެސް އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދިޔައީ ވެންޓިލޭޓަރުގައެވެ.