ރީއްޗަށް ހުރުމަށް ނުވަތަ މީހުން ބަލައިގަންނަފަދަ ގޮތަކަށް ތިމާ ހުރުމަށް އެތައް ގަޑިއިރެއް ހޭދަކޮށްގެން މޭކަޕް ކުރުން މުހިންމެއް ނޫނެވެ. މޭކަޕް ކުރުމަށްވުރެ، ހިނިތުންވެލުމަކީ ތިމާ މާ "އެޓްރެކްޓިވް" ވާނެ ކަމެކެވެ.
އިނގިރޭސިވިލާތުގައި ހަދާފައިވާ ދިރާސާއެކެވެ. އެ ދިރާސާގައި ބައިވެރި މީހުންގެ ތެރެއިން 70 ޕަސެންޓް މީހުން ވަނީ ބޮޑަށް ރީތި މޭކަޕެއް ނުކޮށް އާދައިގެ ގޮތަކަށް ހިނިތުންވެފައި ތިބޭ މީހުން ކަމަށް ބުނެ އެވެ. މާގަދައަށް މޭކަޕް ކުރުމުން ގިނަ ބަޔަކަށް ކަމަކު ނުދެ އެވެ.
މި ދިރާސާގައި ޖުމްލަ 1000 މީހުން ބައިވެރިވިއިރު، އެމީހުން ވަނީ ބޮޑަށް "އެޓްރެކްޓިވް" ވަނީ އާދައިގެ ހިނިތުންވެލުމަކުން ހިނިތުންވެލާ ހުރުމުން ތޯ ސުވާލުކޮށްފަ އެވެ. ޖަވާބު ދެމުން 66 ޕަސެންޓް ފިރިހެނުން ބުނީ ބޮޑަށް ރީތި މޭކަޕް ނުކޮށް އާދައިގެ ގޮތަށް ތިބޭ މީހުން ކަމަށެވެ. މިގޮތަށް 73 ޕަސެންޓް އަންހެނުން ވެސް އެއްބަސްވި އެވެ.
"އަސްލު ގެއްލިފައި އޮންނަނީ މޭކަޕް ކުރުމުން، އަސްލު ވަރަށް ރީތި އަދި އެޓްރެކްޓިވް އެއްވެސް މޭކަޕެއް ނުކޮށް ހިނިތުންވެލައިގެން ތިބޭ އަންހެން ކުދިން، މޭކަޕް ކުރުން އަސްލު މައްސަލައެއް ނެތް އެކަމަކު މާބޮޑަށް ކުރާތީ މައްސަލައަކީ،" ދިރާސާގައި ބައިވެރިވި ފިރިހެނަކު ބުނެފައިވެ އެވެ. ދިރާސާގައި ބައިވެރި ގިނަ އަންހެނުން ވެސް ބުނެފައިވަނީ ބޮޑަށް "އެޓްރެކްޓިވް" ވަނީ ހިނިތުންވެލައިގެން ހުރުމުން ކަމަށެވެ.
"ގިނަ އަންހެނުން އެޓްރެކްޓިވް ވުމަށް ނޫނީ މީހުންގެ ސަމާލުކަން ހޯދައި ރީތި ބަޔަކަށް ވުމަށް މޭކަޕް ކުރަނީ އެއްވެސް ވަރަަށް ބޮޑަށް އެތައް ގިނަ ވަގުތެއް ހޭދަކޮށްގެން، އެކަމަކު އަސްލު ފިރިހެނުންނަށް ވެސް ބޮޑަށް ކަމުދަނީ ހިނިތުންވެލައިގެން ތިބޭ އާދައިގެ އަންހެން ކުދިން،" ދިރާސާގައި ބައިވެރިވި އަންހެނަކު ބުންޏެވެ.
މި ދިރާސާގައި މެކަޕް ކޮށްގެން ހިނިތުންވެ ހުރުމުން އޭގެ މައްސަލައަކީ ކޮބައިތޯ ވެސް ބައިވެރިންނާ ސުވާލުކޮށްފައިވެ އެވެ. ދިރާސާގައި ބައިވެރި ބޮޑު ޕަސެންޓެއް މީހުން ޖަވާބަކަށް ބުނެފައިވަނީ މާބޮޑަށް މީހާގެ އަސްލު ގެއްލި، މީހާގެ ކެރެކްޓާ އޮޅިގެންދާތީ ކަމަށެވެ.
ހިނިތުންވުމަކީ ތިމާ "އެޓްރެކްޓިވް" ވާ ކަމަކަށްވާއިރު، ހިނިތުންމަކީ އިތުރު ގިނަ ފައިދާތަކެއް ވެސް ލިބޭ ކަމެކެވެ. މީހުންނަށް ހިނިތުންވެލާ، ހިނިތުންވެ ހުރުމަކީ ތިމާގެ ކެރެކްޓާ މީހުން ބަލައިގަންނާނެ ކަމެކެވެ. މަޖާ، ކާމިޔާބު، ވާހަކަ ދައްކަން ފަސޭހަ، ކޮންފިޑެންޓް މީހެއްގެ ގޮތުގައި މީހުން ބަލައިގަންނާނެ އެވެ.
ހިނިތުންނުވެ ހުންނަ ނަމަ ތިމާއަކީ މޫޑީ، ރުޅިގަދަ، ރުންކުރު، ވާހަކަ ދައްކަން އުނދަގޫ، ރަހުމަތްރިވުމަށް އުނދަގޫ މީހެއްގެ ގޮތުގައި ތިމާއާ ދެމެދު މީހުން ދެކޭނެ އެވެ.