މުހައްމަދު ނާޒިމް

ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރާނަން: ނާޒިމު

ލ. ގަން، މުކުރިމަގުގެ އެމްއެންޕީގެ ކެމްޕޭން ޖަގަހަ ހުޅުވައިދެއްވަނީ
0%
0%
0%

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކައްދޫ އެއާޕޯޓް، އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަދާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

ލ. ގަން، މުކުރިމަގުގައި އެމްއެންޕީގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޒިމު ވިދާޅުވީ މީގެ 20-30 އަހަރު ކުރިން ލ. ގަމުގައި ބޭސް ކޮމާންޑަރަކަށް ހުންނެވިއިރުގެ އިހުސާސް ކުރެވޭ ކަމަށެވެ.

ކައްދޫ އެއާޕޯޓަށް ދިއުމުން ފެންނަނީ އެއް މަންޒަރެއް ކަމަށާއި ޒުވާން އުމުރުފުރައިގައި އެ ފެނުނު ކައްދޫ އެއާޕޯޓު އަދިވެސް ފެންނަ ކަމަށް ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ 10 އަހަރުވެގެން ދިޔަ ދެ ދައުރުގައި ރަށަށް ކޮށްދެވުނީ ކޮން ކަމެއްްތޯ ރަށުގެ ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ.

"ގަމުގެ ތިން އަވަށަށް ބަލާލިއަސް ކަރަންޓާއި ފެނާއި އަދި ނަރުދަމާ އަޅާލުމަކުން ނުފުދޭ. އެއްވެސް ތަރައްގީއެއް ރައްޔިތުންގެ ޖީބަށް އެއްޗެއް ލިބޭނެ ގޮތަށް ހެދުނު ތަނެއް ނުފެނޭ،" ނާޒިމު ވިދާޅުވި އެވެ.

ނާޒިމު ވަނީ އެމްއެންޕީގެ ވެރިކަމެއްގައި ރައްޔިތުންގެ ޖީބަށް ފައިސާ ލިބޭނެ ގޮތް ހަދާނެ ކަމަށް ވިދާޅުވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345