ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ އެހީގައި ފެންފުށީ ޕްރީސްކޫލު ޕާކު ތަރައްގީކޮށްފި

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި އދ. ފެންފުށީގެ ޕްރީސްކޫލުގައި ތަރައްގީކުރި ޕާކު -- ފޮޓޯ: ބީއެމްއެލް
0%
0%
0%

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި އދ. ފެންފުށީގެ ޕްރީސްކޫލު ޕާކު ތަރައްގީކޮށްފި އެވެ.

މި ޕްރޮޖެކްޓު ކުރިޔަށް ގެންގޮސްފައިވަނީ ފެންފުށީގައި ހިންގަމުންދާ ޖަމިއްޔާއެއް ކަމަށްވާ ފެންފުށި ޒުވާނުންގެ ދިރުމުގެ ފަރާތުންނެވެ.

މި ޕާކު މިހާރު ވަނީ ޕްރީސްކޫލު ކުދިންނަށާއި އާންމުންނަށް ހުޅުވާލާފަ އެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ފެންފުށި ޒުވާނުންގެ ދިރުމުގެ ރައީސް އަހުމަދު އަބްދުލް މުހުސިން ވިދާޅުވީ ރަށުގައި ކުޑަކުދިންގެ ޕާކެއް ނުހުރުމުގެ ސަބަބުން ޕްރޮޖެކްޓުގެ މަގުސަދަކަށްވީ މި ޕާކު ތަރައްގީކޮށް އެކުވެރި ބަދަހި އާއިލާތަކެއް އުފައްދާ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ.

"މިރަށުގައި ކުޑަކުދިންގެ ޕާކެއް ނުހުރޭ. އެހެންކަމުން މި ޕްރޮޖެކްޓުގެ ދަށުން އަޅުގަނޑުމެން އެންމެ ބޮޑު މަގުސަދަކަށްވީ މި ޕާކު ތަރައްގީކޮށް ހިތްހަމަޖެހުމާއި އުފަލުގެ ތެރެއިން އެކުވެރި ބަދަހި އާއިލާތަކެއް އުފައްދާ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން. ޖަމިއްޔާގެ ފަރާތުން ރައްޔިތުންނަށް މިވަރުގެ ހިދުމަތެއް ކޮށްދެވުނީތީ ވަރަށް އުފާކުރަން. މި ފުރުސަތުގައި ބީއެމްއެލްއިން މުޖުތަމައިގެ ލާބައާއި މަންފާ އަށް ކުރަމުންދާ މަސައްކަތަށް ޝުކުރުއަދާކުރަން،" އަބްދުލް މުހުސިން ވިދާޅުވި އެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި އދ. ފެންފުށީގެ ޕްރީސްކޫލުގައި ތަރައްގީކުރި ޕާކު -- ފޮޓޯ: ބީއެމްއެލް

ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345