އެމްއެމްއޭ

އީދު ބަންދުގައި ޖޫން 26ގައި ބޭންކިން ހިދުމަތް ދެނީ

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ -- ފޮޓޯ: އަވަސް
0%
0%
0%

ބޮޑު އީދު ބަންދުގައި ޖޫން 26 ވަނަ ދުވަހު ބޭންކިން ހިދުމަތް ދޭނެ ކަމަށް މަރުކަޒީ ބޭންކު -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

ބޮޑު އީދު ބަންދަށް ޖޫން 25 އިން 29 އަށް ސަރުކާރު ބަންދުވާނެ އެވެ.

އެމްއެމްއޭ އިން ކުރި އިއުލާނެއްގައި ބުނީ އެ އޮތޯރިޓީ އާއި ބޭންކްތަކުން ޖޫން 26 ވަނަ ދުވަހު ހިދުމަތް ދޭނެ ކަމަށެވެ.

ބޭންކިން ހިދުމަތް -- ފައިސާ ބަލައިގަނެ ދޫކުރުމުގެ ހިދުމަތް ދޭނީ އެ ދުވަހުގެ ހެނދުނު 8:30 އިން މެންދުރު 2:00 އަށެވެ. ސިޓީ އާއި ތަކެތި ބަލައިގަތުމުގެ ހިދުމަތް ދޭނީ އެ ދުވަހުގެ ހެނދުނު 8:30 އިން މެންދުރު 2:00 އަށެވެ.

ބޭންކިން ހިދުމަތް ދެމުން ގެންދާނީ މިހާރެކޭވެސް އެއްގޮތަށް އެޕޮއިންޓްމަންޓު އުސޫލުން ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910