ހަބަރު

ޕީޖީ އުތުރުގެ ހަތަރު އަތޮޅަށް ދަތުރެއް ފައްޓަވައިފި

ބިސާމް އަދި އުތުރުފެ އަތޮޅުތަކަށް ޒިޔާރަތްކުރާ ޕީޖީގެ ވަފުދު - ފޮޓޯ: ޕީޖީ އޮފީސް
0%
0%
0%

ޕްރޮސިކިއުޓާ ޖެނެރަލް އަލްއުސްތާޒާ އައިޝަތު ބިޝާމް، އުތުރުގެ ހަތަރު އަތޮޅަށް ރަސްމީ ދަތުރެއް ފައްޓަވައިފި އެވެ. ޕީޖީ މި ދަތުރުގައި ފުރާވަޑައިގެންފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

ޕީޖީގެ ދަތުރާ ގުޅިގެން، ޕީޖީ އޮފީހުން ބުނީ ޕީޖީގެ ދަތުރަކީ ހަތަރު އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ޕޮލިސް ސްޓޭޝަންތަކާއި، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކާ ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރެއް ކަމަށެވެ. މި ދަތުރުގައި ޕީޖީ ޒިޔާރަތްކުރައްވަނީ މިލަދުންމަޑުލު ދެކުނުބުރި، މާޅޮސްމަޑުލު އުތުރުބުރި، މާޅޮސްމަޑުލު ދެކުނުބުރި އަދި ފާދިއްޕޮޅަށެވެ.

ޕީޖީގެ މި ދަތުރުގައި މާޅޮސްމަޑުލު އުތުރުބުރި އާއި ފާދިއްޕޮޅުގައި ޕީޖީ އޮފީހުގެ ގޮފިތައް ގާއިމްކުރުމާ ގުޅޭގޮތުން ކައުންސިލްތަކާއެކު މަޝްވަރާކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މިލަދުންމަޑުލު ދެކުނުބުރީއަށާއި މާޅޮސްމަޑުލު ދެކުނުބުރީއަށް ކުރައްވާ ދަތުރުގައި އެ ދެ އަތޮޅުގައި ގާއިމްކޮށްފައިވާ ޕީޖީ އޮފީހުގެ ގޮތްޕަށްވެސް އެކަމަނާ ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި ޕީޖީގެ އަރިހުގައި ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް އަލްއުސްތާޒް މަހުމޫދު ސަލީމް އާއި، އެސިސްޓަންޓް ޕްރޮސިކިއުޓާ ޖެނެރަލް އަލްއުސްތާޒް ހުސައިން ނާޝިދު ވެސް މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345