މޯލްޑިވްސް ޕޮލިސް ސާވިސް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

May 27, 2023

ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ އެެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ރިޕޯޓްކޮށްފައިވާ މިރޭ 12:04 ހާއިރު އެވެ.

އެކްސިޑެންޓް ހިނގީ މާލެއިން ހުޅުމާލެއަށް ދަތުރުކުރަމުން ދިޔަ ސައިކަލެއް ހައިވޭގައި ދުއްވާފައި ދިޔަ ޕިކަޕެއްގައި ޖެހިގެންނެވެ.

އެކްސިޑެންޓްގައި އަނިޔާވި ސައިކަލް ދުއްވަން އިން މީހާ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މިއެކްސިޑެންޓްގައި މަރުވެފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.