ޕެންޝަން އޮފީސް

ޕެންޝަން ފަންޑް 20 ބިލިއަނަށް

ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް -- ފޮޓޯ: ޕެންޝަން އޮފީސް
0%
0%
0%

ޕެންޝަން ފަންޑްގެ ޖުމްލަ 20.5 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހާމަކޮށްފި އެވެ.

ޕެންޝަން ފަންޑް 20 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާކަން ހާމަކުރީ ކުރުނބާ މޯލްޑިވްސްގައި މިއަދު ފެށި "މޯލްޑިވްސް ފައިނޭންޝަލް ފޯރަމް"ގަ އެވެ.

ފޯރަމްގައި ވާހަކަ ދައްކަވަމުން ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް ވަނީ ޕެންޝަން ފަންޑްގައި ޒުވާނުންގެ ހިއްސާ ބޮޑުކަން ފާހަގަކުރައްވާފަ އެވެ.

ޕެންޝަން ފަންޑްގައި 3،314 އޮފީސް / ކުންފުނިން ބައިވެރިވެފައިވާއިރު ފަންޑްގައި ރަޖިސްޓްރީވެފައިވާ މުވައްޒަފުންގެ އަދަދަކީ 120،173 އެވެ.

ސުޖާތާ ވިދާޅުވީ ޒަމާނީ ވަސީލަތްތަކާއެކު ޕެންޝަން ފަންޑް ބޮޑުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވާ މި ފޯރަމްގެ މައިގަނޑު މަގުސަދަކީ މާލީ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ރާއްޖޭގެ މާލީ ދާއިރާއާ ގުޅުންހުރި އެންމެ ފަހުގެ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށް މައުލޫމާތު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އެގޮތުން މޯލްޑިވްސް ފައިނޭންސް ފޯރަމްއަކީ ރާއްޖޭގެ މާލީ ދާއިރާގެ އިސްފަރާތްތަކާއި އެކި ތަޖުރިބާކާރުން އެއްތަނަކަށް އެއްކޮށް، ރާއްޖޭގައި ބާއްވާ އެންމެ ގިނަ ދުވަސްވީ ފޯރަމެވެ.

ފޯރަމްގެ މިއަހަރުގެ ޝިއާރަކީ "ދަ ފިއުޗާ އޮފް ފައިނޭންސް: އެކްސްޕްލޯރިން ދަ އިންޓަސެކްޝަން އޮފް ފިންޓެކް އެންޑް އޭއައި" އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345